ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ކުރީގެ ރައީސް މައުމޫނު ބާއްވަވާ އިހްޔާކުރުމުގެ ޖަލްސާ މިރޭ އޮންނާނެ: މައުމޫނު ފައުންޑޭޝަން

14:30  ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ބާއްވަވާ އިހްޔާކުރުމުގެ ޖަލްސާ މިރޭ އޮންނާނެ އެވެ.   މައުމޫން ފައުންޑޭޝަނުން ބުނީ އިސްލާމް ދީނާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ޤަދަރާއި ލޯތްބާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އެ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމްތަކުގެ ފުރަތަމަ ޖަލްސާ މިރޭ 9 ޖަހާއިރު ދަރުބާރުގޭގައި އޮންނާނެ ކަމަށާއި މިޖަލްސާ އަޑުއެހުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.މި އަހަރުގެ ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މައުމޫން ފައުންޑޭޝަންގެ ފަރާތުން ކަމަށާއި އަދި ދީނީ ނަސޭހަތް ދިނުމުގެ ޖަލްސާތަކުގައި ރައީސް މައުމޫންގެ އިތުރުން ކޮންމެ ރެއަކު ވެސް ދީނީ އެހެން އިލްމުވެރިއަކު ވާހަކަ ދައްކަވާނެ ކަމަށް ރައީސް މައުމޫންގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް މުންދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ