ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ، ގާސިމް ރައީސް ނަޝީދަށް ރައްދު ދެއްވައިފި

10:00ޑިމޮކްރެޓިކް އުސޫލަށް ބޯލަނބައިގެން ވެރިކަން ނުކުރެއްވޭނަމަ ރައީސް ނަޝީދު އިސްތިއުފާދެއްވުމަށް ގޮވާލައްވައި، ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ނަޝީދަށް ރައްދު ދެއްވައިފި އެވެ.ޑީއާރުޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ވެސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ހުދު މުހުތާރުކަން ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށެވެ.ސަރުކާރުން ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު، ދައުލަތުގެ ފައިސާ ނަމަހަމަ ގޮތުގައި ބޭނުންކުރައްވައިގެން  ޓީވީއެމްގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ކަމަށާއި، ގާނޫނާއި ޚިލާފަށް ކުރުވަމުންދާ އަމުރުތައް ހުއްޓުވައި ހުދުމުހުތާރު ވެރިކަން ނިމުމަކަށްގެނައުމަށް އިދިކޮޅު ހަތަރު ޕާޓީ އެކުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އިދިކޮޅު ޕާޓީތަކުން ސަރުކާރާއި ދެކޮޅަށް ތެދުވަންޖެހުނީ ރައްޔިތުންގެ ހުރިހާ މުދަލާއި ފައިސާ ހިތުހުރިހާ ގޮތަކަށް ބޭނުންކުރައްވަމުން ގެންދަވާތީ ކަމަށާއި، ރައީސް ނަޝީދުގެ އަރިހުގައި ތިއްބެވީ އިހްލާސްތެރިންނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ