ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ތޮރާ ހިކި ރިހަ އަދި ކަންކުން ބީފް

ތޮރާ ހިކި ރިހަ ތޮރާ ހިކި ރިހަ ބޭނުންވާތަަކެތި 500 ގުރާމު ތޮރާ (މަށާފައި ވައްކޮށް ކޮށާފައި) ބައި ޖޯޑު ހުނި 3 ހިކިމިރުސް 1 ފިޔާ (ބޮޑު) ބައި ސައިސަމުސާ ދިރި 16 ފުއް އަސޭމިރުސް 2 ލޮނުމެދު ބައި އިންޗި އިނގުރު 50 ގުރާމު ވަޅޯމަސް (ބޯކޮށް ކޮށާފައި) 2 މޭޒުމަތީސަމުސާ ތެޔޮ ރީނދޫ، ލޮނު، ރާނބާފަތް، ހިކަނދިފަތް ހަދާނެގޮތް ހިކިމިރުސް، ފިޔާފަޅިއެއް، ދިރި، އަސޭމިރުސް، ލޮނުމެދު، އިނގުރު، ރީނދޫ، ހިކަނދިފަތް، ހުނި އެއްކޮށްފައި، ހިމުންކޮށް ފުނޑުން. އަނެއް ފިޔާފަޅި މީރުކޮށްލާފައި، ފިޔާކޮޅު މޯޅިވީމައި ފުނޑި ހަވާދުކޮޅު އޭގެ ތެރެއަށް އަޅާލުމަށް ފަހު، ތޮރާ، ވަޅޯމަސް، ރާނބާފަތް އަޅާފައި، ލޮނު ލައިގެން ކެއްކުން. ކައްކާނީ މަޑު ގިނީގައި، މަތި ޖަހައިގެން ތޮރާކޮޅު ރޯފިލަންދެން. ކައްކާއިރު ރަނގަޅަށް އެއްކުރުން. ތޮރާކޮޅު ރޯފިލީމައި ލޮނު ހެޔޮވަރު ކޮށްލުން. މި ރިހައަކަށް ފެނެއް ނާޅާނެ، ހުންނާނީ ހިކިކޮށް. ކަންކުން ބީފް ކަންކުން ބީފް ބޭނުންވާތަކެތި 3 މީހުންނަށް 500 ގުރާމު ޓެންޑަލޮއިން ބީފް (ސާފުކޮށްފައި، ހިމަދިގުކޮށް ކޮށާފައި) 300 ގުރާމު ކަންކުން ފަތް (ދޮވެފައި، ބޮޑެތިކޮށް ކޮށާފައި) 2 ފިޔާ (ބޮޑު، ފަޅިކޮށްފައި، އަރިމަތިން ކޮށާފައި) 1 މޭޒުމަތީސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި) 3 މޭޒުމަތީސަމުސާ ތެޔޮ 4 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް 3 މޭޒުމަތީސަމުސާ ސޯޔާ ސޯސް ބައި ސައިސަމުސާ ފިޝް ސޯސް ބައި ސައިސަމުސާ އަސޭމިރުސް (މުގުރާފައި) ބައި ޖޯޑު ފެން ގިތެޔޮމިރުސް (ބޭނުން ވާ ވަރަކަށް) ހަދާނެ ގޮތް ތަވަޔަށް ތެޔޮ އަޅާފައި، ހޫނު ވީމައި، ބީފް އަޅާފައި ބީފުން ނުކުންނަ ފެން ހިކެންދެން ކެއްކުން. ދެން ލޮނުމެދާއި ފިޔާ އަޅައިގެން އެއްކުރަމުން ކެއްކުން. ފިޔާކޮޅު މޯޅި ވީމައި، އޮއިސްޓާ ސޯސް، ސޯޔާ ސޯސް، ފިޝް ސޯސް، އަސޭމިރުސް، ގިތެޔޮމިރުސް އަޅައިގެން 3 މިނެޓު ކައްކާފައި، ކަންކުން ފަތްތައް އެޅުމަށް ފަހު، އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާފައި، ބައި ޖޯޑު ފެން އެޅުން. ފަތްތައް މޯޅިވަންދެން ކައްކާލުން. އެޑިޓަރުގެ ނޯޓް: މި ރެސިޕީތަކަކީ، ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ އަންނަނީ ދިވެހި ރަހަތަކަށް އިސްކަން ދީގެން އަމިއްލަ ގޭގައި އެތަކެތި ތައްޔާރުކޮށް، އޭގެ ހުރިހާ މައުލޫމާތަކާއި ފޮޓޯތައް ފޭސްބުކް ޕޭޖް "ރުމާ"ގައި ކިޔުންތެރިންނާ ހިއްސާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ