މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް އަމިއްލަ ގޮތުން ކުރިމަތިލި ތ.ތިމަރަފުށި ޢަބްދުއްރަޝީދު ޢަބްދުﷲގެ ނަން ނެގުމަށްޓަކައި މާދަމާ އިލެކްޝަންސް ކޮމިޝަނަށް ސިޓީ ލާނެކަމަށް ޢަބްދުއްރަޝީދު ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޝީދު ވިދާޅުވިގޮތުގައި އޭނާގެ ނަން އަނބުރާ ގެނައުމަށް ނިންމީ، ތިމަރަފުށީ މުހައްމަދު މުސްތަފާއަށްސ ތާއީދުކުރުމުގެ ގޮތުންނެވެ."އަޅުގަނޑާއި އަޅުގަނޑަށް ތާއީދުކުރާ އެންމެންވެސް މިހާރު މިތިބީ މުސްތަފާގެ ފަހަތުގައި މުސްތަފާއާއެެކު. މުސްތަފާއަކީ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މުހިއްމު ބޭފުޅެއް. ނަން އަނބުރާ މިގެންދަނީ މުސްތަފާއަށް އޮތް ތާއީދާއި ލޯބި، ދާއިރާގައި އާދަޔާޚިލާފަށް ބޮޑުކަން ޔަގީން ކަށަވަރުވުމުން،" މިއަދު އަބުއްރަޝީދު ވިދާޅުވިއެވެ.
ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލި ޢަބްދުއްރަޝީދު ޢަބްދުﷲ ނަން ނަގަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ