ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ރަޝީދާ އަލީ އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި އެއް އަހަރު ދުވަހަކީ ސަރުކާރުގައި ހިދުމަތް ކުރެއްވި ދުވަސްތަކެއް ކަމަށް ބައްލަވައި، އޭނާ އަށް ފުރަތަމަ ޕެންޝަން ދެއްވައިފި އެވެ.
ހަވީރަށް ކަށަވަރުވެފައިވާ ގޮތުގައި ރަޝީދާ އަށް ވަނީ 30 އޯގަސްޓް 2005ގައި ޕެންޝަން ދެއްވައިފަ އެވެ. އެއީ އޭނާ އަށް ވަޒީފާ ދެއްވި ތާރީހުގެ އެއް މަސް ދުވަހުގެ ފަހެވެ. އޭރު އޭނާ އަކީ ޕްލޭނިން މިނިސްޓްރީގެ ނައިބެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސް އަހުމަދު ސަލީމު ވިދާޅުވި ގޮތުގައި އެ ކޮމިޝަންގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް ރަޝިދާ އަލީ އެ މަގާމުން ވަކިވެފައި ވަނީ މި އަހަރުގެ އޯގަސްޓް 17ގަ އެވެ.
ނަމަވެސް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި، މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި ފުރަތަމަ އުފެދުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ރަޝިދާ އަލީ އަށް ޕްލޭނިން މިނިސްޓްރީގެ ނާއިބުކަން ދެއްވާފައި ވަނީ 1 އޯގަސްޓް 2005ގެ ތާރީހުގަ އެވެ.
"ހިއުމަން ރައިޓްސްގައި ހުންނަވާފައި، (އޭނާ) ޕްލޭނިން އަށް އަނބުރާ ބަދަލުކުރެއްވީ، 1 އޯގަސްޓް 2005ގައި،" މުހައްމަދު ހުސައިން ޝަރީފު ވިދާޅުވި އެވެ.
މި އަހަރުގެ އޯގަސްޓާ ހަމައަށް ރަޝިދާ ހިއުމަން ރައިޓްސްގައި އުޅުއްވި ނޫންތޯ ދެންނެވުމުން އިސް ތަރުޖަމާން ވިދާޅުވީ، އެކަން އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ނޭނގޭ އަޅުގަނޑަކަށް. ރެކޯޑްސްގައިި އޮންނަނީ 1 އޯގަސްޓް 2005ގައި ނާއިބުކަން ދެއްވި ކަމަށް."
މި އަހަރުގެ އޯގަސްޓް 17 އާ ހަމައަށް ހިއުމަންރައިޓްސް ކޮމިޝަންގައި ހުންނެވި ކަމަށް ރަޝިދާ ވެސް ވިދާޅުވި އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ނާއިބުކަން ދެއްވީ ބެކް ޑޭޓްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު(މި އަހަރުގެ) 17 އޯގަސްޓާ ޖެހެންދެން ހުރީ ހިއުމަންރައިޓްސް ކޮމިޝަނުގައި. އޭގެ ފަހުން މިތަނުން ވަޒީފާ ދިނީ،" ރަޝީދާ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގައި ހިދުމަތް ކުރެއްވި އެއް އަހަރު ސަރުކާރުގެ ވަޒީފާއެއްގެ ގޮތުގައި ބައްލަވައި، ރަޝީދާ އަލީ އަށް ޕެންޝަން ދެއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ