އުރީދޫ އިން ޕްރޯލެޕާ ގުޅިގެން ބެކް ޓު ސްކޫލް ޕްރޮމޯޝަނެއް

އުރީދޫ މޯލްޑިވްސް އާއި ޕްރޯލެޕް ގުޅިގެން ސްކޫލް ދަރިވަރުންނަށް ހާއްސަ 'ބެކް ޓު ސްކޫލް' ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ މަސައްކަތުގެ މާހައުލުގަ އާއި ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައި ވެސް އިންޓަނެޓްގެ ހިދުމަތް މުހިއްމުވެފައި ވާއިރު، މި ޕްރޮމޯޝަންގެ ސަބަބުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ހޯދުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ."ޕްރޯލެޕްއާ އެކު މި ލޯންޗު ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި ތައުލީމީ އަހަރަކަށް އެދެން،" ނިޔާޒް ވިދާޅުވި އެވެ.މި އޮފާގެ ދަށުން ޕްރޯލެޕުން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއެއް ލިބޭނެއެވެ. އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ގެސް ލިބޭނެއެވެ. މީގެ އިތުރުން މި އޮފާގެ ދަށުން ހިލޭ ލިބޭ ފަސޭހަ މިނީ ޑިވައިސް މެދުވެރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.ޕްރޯލެޕް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއް ވެސް މި އޮފާގައި ހިމެނިފައިވާ ކަަމަށާއި އެޗްޕީ އަދި އޭސަސް ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފާ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. މިއީ، ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާ އެކު ހޯދުމުގެ ފުރުސަތު ހުޅުވާލުމުގެ މަގްސަދުގައި ހިންގާ ޕްރޮމޯޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ