އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އާމިނަތުދިޔެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.
އަންހެންކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އާމިނަތުދިޔެ އަކީ އެ ކުއްޖާ ތައުލީމް ހާސިލްކުރަމުން ދިޔަ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ.
އުމުރުން 59 އަހަރުގެ އާމިނަތުދިޔެ ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުން ވަނީ ހިތަދޫ ކޯޓުގެ އަމުރުގައި ގޯހެއް ނެތްކަމަށް ނިންމައި އެ އަމަރު ދަމަހައްޓާފައެވެ.
ހައިކޯޓުން ނިންމީ އާމިނަތުދިޔެ ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އާމިނަތުދިޔެ ބަންދުގައި ބަހައްޓަން ހައިކޯޓުން ތާއިދު ކުރިއިރު އޭނާ ބަންދުން ދޫކޮށްލަން ގޮވާލައި އައްޑޫގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި އޭނާ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި އައްޑޫގެ ގިނަ ބަޔަކު ސޮއިކޮށް ކަމާބެހޭ އިދާރާތަކަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
މިއީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކަށް ވާތީ މިމައްސަލަ އާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، އާންމުން ބުނަމުން ދަނީ އެ ކުއްޖާއަށް ޖިންސީގޯނާކުރީ ކުއްޖާގެ ކާފަ ކަމަށާއި އާމިނަތުދިޔެއާ މި މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ.
އާމިނަތުދިޔެ ބަންދުގައި ބަހައްޓަން ހައި ކޯޓުން ވެސް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ