ދީބާޖާ މައްސަލައިގެ ހުކުމް ރިވިއުކުރަށް އޭޖީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި

ދީބާޖާގެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އަލުން ރިވިއުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ދީބާޖާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ވިދާޅުވެފައިވާތީ، އެ ހުކުމް އަލުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އޭޖީ ނިންމެވިކަން އޭޖީ އޮފީޙުން ހާމަ ޖކޮށްފައިވަނީ މިމަހު 22ގަ އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އޮތް ރައީސް ޔާމީންގެ ސަރުކާރުން ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އޮތީ ދަމަހައްޓައިފަ އެވެ.
އެހެންކަމުން އެ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ދީބާޖާ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް، މިމަހު 15 އަށް ތާވަލު ކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ބަދަލުދިނުމުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ވެސް، ކޯޓުން ބޭރުގައި އެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެއްބަސްވި އެވެ. ނަމަވެސް އެކަން މަޑު ޖައްސާލާފައި ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދިޔައް ގެންގޮސް، އެކަންތައް އަލުން ބެލުމަށް، އެ މައްސަލަ އަލުން މުރާ ކުރުމަށް އޭޖީ އަށް ދެންނެވުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު މަޖިލީހުން ފާސް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ