އައްޑޫ ކައުންސިލްގެ އެސްޖީއަކަށް ޝުޖާއު އައްޔަނު ކޮށްފި

އައްޑޫސިޓީ ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ޝުޖާއު އައްޔަނު ކޮށްފިއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ޝުޖާއު އަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަރާތެކެވެ. އިނގިރޭސިވިލާތުގެ ސްޓެފޯޑް ޔުނިވާސިޓީން މާސްޓާސް އޮފް ސައިންސް އިން ޓެކްނޮލޮޖީ އިން މެނޭޖްމެންޓް ހާސިލުކުރައްވާފައިވާ ޝުޖާއު ވަނީ އެސްޓީއޯގައި 21 އަހަރުގެ މުއްދަތަކަށް ވަޒީފާ އަދާކޮށް މަތީ މަގާމުތަކެއް ފުރުއްވާފަ އެވެ.
މީގެއިތުރުން ޝުޖާއު ވަނީ މޯލްޑިވް ގޭސްގެ ބޯޑު ޑިރެކްޓަރުގެ މަގާމު ފަސް އަހަރު ދުވަހަށް އަދާކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ވެސް ހަތަރު އަހަރު ދުވަހަށް މަސައްކަތް ކޮށްފައެވެ.
ޝުޖާއު މިހާރު އަންނަވަނީ ފްރެންޗް އައިޕީއީ ސްކޯލަޝިޕްގެ ދަށުން މެލޭޝިއާގެ ކޮލެޖަކުން ޕީއެޗްޑީ ހާސިލުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ