ރައީސް ޔާމީނަށް މަލާމާތްކޮށް ޖޯކް ޖެހޭ ވަރުގެ ވެރިއަކުނެތް: މެމްބަރު ސައީދު

ރައީސް ޔާމީންއަށް މަލާމާތްކޮށް ޖޯކް ޖެހޭ ވަރުގެ ވެރިއަކު ދިވެހިރާއްޖޭގައި މިވަގުތު ނެތްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީނަށް މަލާމާތްކޮށް ޖޯކް ޖެހޭ ވަރުގެ ވެރިއަކު ދިވެހިރާއްޖޭގައި މިވަގުތު ނެތް ކަމަށާއި އެކަން މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ރައްޔިތުން މިހާރު ގަބޫލުކުރާ ގޮތުގައި ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އުތުރުތިލަފަޅު ވިއްކާލުމުގެ މޭސްތިރިއަކީ ކާނަލް ނާޒިމްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މިކަން އެމަނިކުފާނަށް ދޮގެއް ނުކުރެވޭނެ ކަމަށެވެ. ކާނަލް ނާޒިމް އަކީ ރައީސް ޔާމިންގެ ދައުރުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރ ކަން ކުރެއްވި ބޭފުޅެކެވެ.
ކާނަލް ނާޒިމްއަށް މެމްބަރު ސައިީދު ފާޑުވިދާޅުވެފައިމިވަނީ ރައީސް ޔާމީނަކީ ކަންނެތް ވެރިއެއް ކަމަށާއި، އެމަނިކުފާނުގެ އަރިސް ބޭފުޅުން "މޭކަރާ" ގޮތްވީ މުރާލި މަސައްކަތްތަކެއް ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ކުރެއްވުމުން ކަމަށް ނާޒިމް ވިދާޅުވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ