ދިގުރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި
އދ. ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްފިއެވެ.ދިގުރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން އެރަށަށް ފޮނުވި ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމަށްފަހު ބޭނުން ކުރަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.އެ ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމުން ފުރަތަމަ ފަހަރަށް ލޯޑު ދެއްވީ ދިގުރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް އަބްދުއްރަހީމެވެ.މި ޖަނަރޭޓަރު ސެޓާއެކު ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 918 ކިލޯވޮޓުން 1،518 ކިލޯވޮޓަށް އިތުރުކުރެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.މިއީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލް ކޮށްފައިވާ އެކުންފުނީގެ ސްޓެވޯ STW600ގެ ޖަނަރޭޓަރު ސެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ