ކުރިން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި ގޮތުގެ ހަގީގަތް ހައިލަމް ވިދާޅުވެދެއްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލައިގެ ހަގީގަތް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެ ވެދެއްވައިފިއެވެ.ސުޕްރީމް ކޯޓުން ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ކުރި ހުކުމުން ހާމަވެގެން ދިޔައީ، ކުރާ ހުކުމަކުން މިސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުގެއިން ޓިނު ނުގަނާނެ ކަމުގެ ޔަގީންކަން ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ވިދާޅުވެފައެވެ."މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން. މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ. ފުރާޅުން ޓިނެއް ނުނަގާނެ" ޔުމްނާ ވިދާޅުވިއެވެ.ސުޕްރީމް ކޯޓުގެ ޓިނު ނެގުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގަން ޖެހުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފައި މަސައްކަތް ކުރަމުންދިޔަ ޤާސިމް އިބްރާހިމްގެ މައްސަލަ ބަލަމުންދިޔަ ދެ ފަނޑިޔާރުން ކަމުގައިވާ ޢަބްދުالله ސަޢީދާއި ޢަލީ ޙަމީދަށް، ކޮންމެ މީހަކަށް 8 ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމި ނިންމުމާއި ގުޅިގެން ކަމަށެވެ."ސުޕްރީމް ކޯޓުން ޓިނު ނެގީ ޤާސިމްގެ މައްސަލަ ބަލަމުންދިޔަ 2 ފަނޑިޔާރުން ކަމުގައިވާ ޢަބްދުالله ސަޢީދާއި ޢަލީ ޙަމީދަށް، ކޮންމެ މީހަކަށް 8 ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމުން. އެއީ 1 ފެބްރުއަރީ އަމުރާ ގުޅިގެން ދެވުނު ހަދިޔާ. ޓިނު ނެގުމުގެ ޙަޤީޤަތް އޮޅުވާނުލައްވާ" ހައިލަމް ވިދާޅުވިއެވެ.މި ސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް ފުރާޅުން ޓިނު ނުނަގާނެ ކަމަށް ވިދާޅުވެ ޔުމްނާ އެ އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާއި ގުޅިގެން އެ ކޯޓްގެ ދެ ފަނޑިޔާރަކު ހައްޔަރުކުރި ހައްޔަރު ކުރުމަށެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އޭރު ހައްޔަރުކޮށްފައިވަނީ ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު އެވެ.އެ ފަނޑިޔާރުން ހައްޔަރުކުރަން އަސްކަރިއްޔާއިން ސުޕްރީމް ކޯޓްގެ ފުރާޅުން ޓިނު ނަގައިގެން ކޯޓަށް ވަދެފައިވާ ކަމަށް ބުނެއެވެ.ފެބްރުއަރީ 1، ގެ ބޮޑު އަމުރާއެކު ވަރަށް ގިނަ ސިޔާސީ ބޭފުޅުންވެސް ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫނާއި ޔުމްނާހެ ފިރިކަލުން މުހައްމަދު ނަދީމްވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ލިބިވަޑައިގެން އަނިޔާތަކާއި ގުޅިގެން ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއިން މަސައްކަތް ކުރީ ރައީސް ޔާމީނާ ދެކޮޅަށެވެ. މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ފިޔަވައި އެހެން ހުރިހާ ބޭފުޅުން ތިއްބެވީ ޔާމީނާ ފެޔަށް ޖެހިވަޑައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ