އިނގުރައިދޫ ސްކޫލް ތަރައްގީ ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ ސްކޫލް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މާލާ ހައި ރައިސިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.352 ކުދިން ކިޔަވަމުން އަންނަ އެ ސްކޫލްގައި, މި އެއްބަސްވުމުގެ ދަށުން 4 ކްލާސްރޫމާއި، ސްޓާފްރޫމް އަދި މަލްޓިޕާޕާސް ހޯލެއް ހެދުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށްވަނީ ހަވާލު ކޮށްފައެވެ.މި އެގްރިމެންޓްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުކެއްވީ އެ އިދާރާގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރު، ނައުޝާދު އިބްރާހީމެވެ. ހައި ރައިސިން ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް އަޙްމަދެވެ.މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ