ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ހިލާފަށް ކަމަށާއި, ގާސިމް މިހާރުން މިހާރަށް ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.
އެ ޕާޓީން އާންމުކުރި ނޫސް ބަޔާނުގައި ބުނެފަިއވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުންނެވީ ޤާނޫނާ ހިލާފު ބަންދެއްގައި ކަމަށެވެ. އަދި ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގޭގައި ނަމާދަށް ހުންނަވަނިކޮށްކަމަށާއި ، ޤާސިމް ހައްޔަރުކޮށް ބަންދުކޮށްފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޕްރޮސެކިއުޓާ ޖެނަރަލް ކްރިމިނަލް ކޯޓުގައި އެދިގެން ހޯދާފައިވާ އަމުރެއްގެ ބަދަލުގައި ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ޤާސިމް އިބްރާހިމް ހައްޔަރުކޮށްފަިއވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓިގެ ބަޔާނުގައި ބުނެފައިވެއެވެ.
ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކުގެ ކޮމެޓީއަށް ހުށައަޅާފައި ވީނަމަވެސް ކޮމެޓީ އެންމެ ބައްދަލުވުމެއް ވެސް މިހާތަނަށް ބާއްވާފައިނުވާ ކަމާއި އެކަމާމެދު ކަންބޮޑުވާކަމަށް ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޤާސިމްގެ މައްޗަށް ތުހުމަތުކުރޭ މައްސަލަތަކާއި ގުޅޭގޮތުން ހެކި ހޯދުމަށް 6 ދުވަހުގެ ބަންދުގެ މުއްދަތެއްޖަހައިފަ އެވެ.
ގާސިމް ހައްޔަރުކުރީ ނަމާދުގައި ހުންނަވަނިކޮށް :ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ