މައުމޫން އަމަލުކުރައްވަނީ ޑިމޮކްރަސީއާ ޚިލާފަށް: ޑރ.ޝައިނީ

ކޯޓު މަރުހަލާއިން ޕީޕީއެމްގެ ހިންގުން ރައީސް މައުމޫންގެ އަތްޕުޅުން ނަގާފައިވާއިރު ރައީސް މައުމޫން އަމިއްލަފުޅަށް ކައުންސިލެއް ހައްދަވައިގެން ކަންތައްތަކެއް ނިންމެވުމަކީ ޑިމޮކްރަސީގެ ރީތި ސިފައެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝައިނީ ވިދާޅުވީ ޝަރުއީ ދާއިރާގެ ތިން މަރުހަލާއިންވެސް ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ނަގާވާފައިވާ ކަމަށެވެ.
އެމަނިކުފާނު ޑިމޮކްރަސީގެ އުސޫލްތަކާއި އަދި ޕީޕީއެމްގެ ޗާޓަރާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ކޯޓުތަކުން ނިންމާފައިވާ ކަމަށް ޑރ ޝައިނީ ވިދާޅުވިއެވެ.
މިގޮތަށް ކޯޓުތަކުން ނިންމާފައިވާ ދަނޑިވަޅެއްގައި ހުދުމުހުތާރުކޮށް އަމިއްލަފުޅަށް ކަންތައްތަކެއް ނިންމަަވައި އަމިއްލަފުޅަށް ކައުންސިލެއް ހައްދަވައި އެޑްވައިޒަރީ ކޮމިޓީއެއް ހައްދަވައިގެން ކަންތައްތަކެއް ކުރެއްވުމަކީ ޑިމޮކްރަސީގެ ރީތި ސިފައެއް ނޫން ކަމަށް ޑރ ޝައިނީ ވިދާޅުވިއެވެ.
ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓާއި ހައި ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.
ޕީޕީއެމް ދެބައިވެފައިވާއިރު ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކޮށްފައިވާ ކަމަށް ރައީސް ޔަމީންގެ ފެކްޝަނުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ