ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްލާހީ މަސައްކަތަށް ނިކުމެ ހުންނެވީ ވަރަށް ކެރިވަޑައިގެންކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅީ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އުސްތާޒާ މާރިޔާ ދީދީ މިހެން ވިދާޅުވީ މިރޭ އެކަމަނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މާރިޔާގެ ޓްވީޓްގައި ވިދާޅުވީ މިހުރިހާކަމެއްވެސް މިހެން ހިނގާނެކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި އެމަނިކުފާނު އިސްލާހީ މަސައްކަތަށް ނިކުންނެވީ މިމަގުން ކަންކަން ހިނގާނެކަން އެނގިހުރެކަމަށް މާރިޔާ ވިދާޅުވިއެވެ.
އަދި ގާސިމް މި މަސައްކަތުގައި ދެމި ހުންނެވީ ވަރަށް ކެރިވަޑައިގެންކަމަށާ މާތްﷲ އިރާދަކުރެއްވިއްޔާ ހައްގަށް ނަސްރު ލިބޭނެކަމަށެވެ.
"މިހުރިހާކަމެއްވެސް މިހެން ހިނގާނެކަން ގާސިމް އިބްރާހިމަށް އެނގިވަޑައިގެން ކެރިވަޑައިގެން ނިކުމެ ހުންނެވީ. ﷲ އިރާދަކުރެއްވިއްޔާ ހައްގަށް ނަސްރު ލިބޭނެ." މާރިޔާ ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްލާހީ މަސައްކަތަށް ނިކުމެ ހުންނެވީ ވަރަށް ކެރިވަޑައިގެންކަމަށް މާރިޔާ ދީދީ ވިދާޅުވިއިރު، ކޯޓް އަމުރެއްގެ ދަށުން ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ އިމާރާތްތައް މިއަދު ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.
އަދި ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، ގާނޫންތަކާއި ޚިލާފަށް އެމަނިކުފާނު ހައްޔަރުކޮށްގެން ފުލުހުން ވަނީ ދޫނިދޫގައި 6 ދުވަސްވަންދެން ހައްޔަރުކޮށްގެން ގެންގުޅެފައެވެ. އެއީ ގައިރު ގާނޫނީ ހައްޔަރެއްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
އޭގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ ހުރިކަމަށްބުނެ ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުނި ވިލާގެ ބައެއް އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ.
ގާސިމް ނިކުމެ ހުންނެވީ ވަރަށް ކެރިވަޑައިގެން: މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ