ގާޒީ ބާރީގެ ފޮޓޯ ނަގައި ބިރު ދެއްކި ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގިކަމަށް ބުނާ މީހެއްގެ މައްސަލަ ފުލުސް އޮފީހަށް އޭނާ ހުށަހަޅުއްވައިފި އެވެ. ފުލުހުންނަށް ބާރީ ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ޖަސްޓިން ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޭނާ ހުންނަވަނިކޮށް، ސައިކަލެއްގައި ދިޔަ މީހަކު، "ކަލޭމެން ގާޒީން ކަންތައް ކުުރާގޮތް އަހަރުމެންނަށް އެނގެއޭ" ބުނެ ބާރީގެ ފޮޓޯ ނަގާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވާ ކަމާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.ބާރީ ފުލުހުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި އެ މީހާ ފޮޓޯ ނަގާފައި ވަނީ "ކަލޭގެ ފޮޓޯ ނަގަން އެބަ ޖެހެއޭ، ކަލޭމެން ގާޒީން ކަންތައް ކުުރާގޮތް
އަހަރުމެންނަށް އެނގެއޭ، ކަލޭމެން ހަދާ އެއްޗެއް ހަދާށޭ، ތިމަންނަ ކަލޭގެ
ފޮޓޯ ނަގާނަމޭ" ބުނެ އެވެ.ކްރިމިނަލް ކޯޓުގެ ފަރާތުން ބާރީ ސޮއިކުރައްވައި ފުލުހުންނަށް މައްސަަލަ ހުށަހަޅުއްވާފައި ވަނީ ނުރުހުމުގައި ބާރީގެ ފޮޓޯ ނަގައި އިންޒާރުދިން ކަމަށް ވިދާޅުވެ އެވެ. އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހުގައި އެދިވަޑައިގެންފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ ގާޒީ ބާރީއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ