މަހްލޫފް ފަސް ދުވަހަށް ގޭބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

އިދިކޮޅު އެމްޑީޕީން އިއްޔެ ހަވީރު މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ފަސް ދުވަހަށް ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓުން މިގޮތަށް ނިންމީ ބަންދުގެ މުއްދަތު އިތުރުކުރަން މަހްލޫފް  މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.ވަގު ޔަގީން" ގެ ނަމުގައި އެމްޑީޕީން ބޭއްވި ހިނގާލުން ނިންމާލި
ފަހުން މަހްލޫފް ހައްޔަރުކުރީ ހިނގި ހަމަނުޖެހުމެއްގައި ފުލުހަކަށް
ހަމަލާދީފައިވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މަހްލޫފް ހައްޔަރުކޮށްފައި
ވަނީ ޗާންދަނީމަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގައި އިންނަވަނިކޮށެވެ. މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ވެސް
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ މަހްލޫފް
ހައްޔަރުކުރި އެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި
ފުލުހުންގެ ހައްޔަރުގައި ވަނިކޮށް ފިލަން މަސައްކަތް ކުރި ކަމަށް ބުނެ
މަހްލޫފްގެ މައްޗަށް މިހާރު ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އެ
މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ