މެމްބަރު ސައުދު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދު ހުސައިން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަންވައިފިއެވެ.
އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވުމުން ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ސައުދުއަށް ޝުކުރު އަދާކުރައްވާފައެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކާއި ސައުދު ގުޅިފައިމިވަނީ، ޕީޕީއެމްގެ މެމްބަރުކަމުން ރައީސް މައުމޫން ވަކިކުރަން، އެ ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމި ނިންމުމާއި ހިތްހަމަނުޖެހިގެންނެވެ.
އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށްފަހު ކުރި ޓްވީޓެއްގައި ސައުދު ވަނީ، މައުމޫންއަކީ ޕީޕީއެމް ކަމަށާއި އަދި ޕީޕީއެމްއަކީ މައުމޫން ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ކޮށްދެއްވި ހިދުމަތްތަށް ދިވެހި ގައުމުން ފޮހެނުލެވޭނެ ކަމަށް ސައުދު ވިދާޅުވެފައިވެއެވެ.
އިދިކޮޅު ފަރާތްތަކާއި ސައުދު ގުޅިވަޑައިގެންނެވިއިރު، ދާދިފަހުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ވަނީ އިދިކޮޅު ފަރާތްތަކާއި ދާދިފަހުން ގުޅިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ