ސަރުކާރުތަކަށް ބަރޯސާނުވެ، ގާނޫނުއަސާސީގައި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ލިޔުން މުހިއްމު: މެމްބަރު ފައްޔާޒު

ރާއްޖޭގައި ވެރިކަން ކުރާ ސަރުކާރުތަކަށް ބަރޯސާނުވެ، ރާއްޖޭގެ އާސާރީ ތަންތަން ހިމަނާ، ހިމާޔަތް ކުރުމަށް ގާނޫނުއަސާސީގައި ލިޔުން ވަރަށް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 
ފައްޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އާސާރީ ބިނާތައް ވަރަށް މަދު ކަމަށެވެ. އަދި އެތަންތަން ހިމާޔަތް ކުރުމަށް ސަރުކާރެއްގެ މައްޗަށް ބަރޯސާވުން ބުއްދިވެރި ނޫން ކަމަށެވެ. 
މީގެއިތުރުން ފައްޔާޒު ވިދާޅުވީ ގާނޫނުއަސާސީ އެތަންތަން ލިޔެ، ހިމާޔަތް ކުރުން ނޫންގޮތެއް ނެތް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމޭއިރު، ސަލާމަތުން މާގިނަ ބިނާތަކެއް ހުންނާނެ ކަމަށް ހީނުވާ ކަމަށެވެ.
Raajjega Aasaaree binaathah varah madhu. Mi than than himaayaih kurumah sarakaarehge mahchah baroasaavun buhdhiveriehnoon. QA ethan than liye himaayaih kurun noongotheh neih. Yag verikan nimeyiru salaamathun maagina binaaeh huhnaanehen hiyeh nuvey.
 
ފައްޔާޒު އެގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ ތާރީހީ އަދި އާސާރީ ބިނާއެއް ކަމަށްވާ ބިހުރޯޒް މިސްކިތް ހުރި ބިމާ، މަސްޖިދުލް އާދިލްގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފަ އެވެ. 
މީގެއިތުރުން، ރާއްޖޭގައިހުރި އެންމެ ތާރީހީ އަދި އާސާރީ، މީގެއިތުރުން ދިވެހި ކާބަފައިންގެ ފަންނުވެރިކަން ދައްކުވައިދޭ ރާއްޖޭ ފުރަތަމަ މަކުތަބު ކަމުގައިވާ ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭއެއް ހުޅުވާ ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތެއް ހޯދުމަށް އިއުލާން ކޮށްފައިވެ އެވެ. 
ނަމަވެސް އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ފާޅުކުރަމުން ދަނިކޮށް ސަރުކާރުން ވަނީ އެއިއުލާން ބާތިލްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއިއުލާން ބާތިލުކުރީ އަލުން ދިރާސާ ކުރުމަށް ކަމަށެވެ. 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ