ސިއްހީ ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ހުއްދަ ދެއްވުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އުޅުއްވަނީ ފިއްލަވައިގެން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ގާސިމަށް ހުއްދަދެއްވާފައިވަނީ ހަމައެކަނި ސިންގަޕޫރުގައި ބޭސްފަރުވާ ކުރުމަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ކަމުގައެވެ. އަދި ގާސިމަކީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވިކަން ސާބިތުވެ ޖަލުހުކުމެއް އައިސްފައިވާ ބޭފުޅެއްކަމަށްވެސް އަނިލް ވިދާޅުވިއެވެ.
ސިންގަޕޫރުގައި ހުންނެވުމަށްފަހު ޖަރުމަނު ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ގާސިމް މިހާރު ހުންނެވީ ޖަރުމަނު ވިލާތަށް ވަޑައިގެންނެވެ. ގާސިމްގެ ވަކީލުން މީގެ ކުރިން ވިދާޅުވީ ގާސިމް ޖަރުމަނަށް ވަޑައިގެންނެވީ ޒަމާނުއްސުރެ ބޭސްފަރުވާގެ ކަންކަން ގާސިމް ކުރައްވަނީ ޖަރުމަނު ވިލާތުންކަމަށްވުމުން އެޤައުމުގައި ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރެއްވުމަށް ކަމުގައެވެ.
ބަންޑާރަ ނައިބު އަނިލް އިއްޔެ ވިދާޅުވީ ގާސިމަށް ދީފައިވަނީ ހަމައެކަނި ސިންގަޕޫރަށް ދަތުރު ކުރުމުގެ ހުއްދައެއް ކަމުގައެވެ.
ނަމަވެސް ގާސިމް ޖަރުމަނު ވިލާތަށް ވަޑައިގެންފައިވަނީ ފިއްލަވައިގެން ޤަވާއިދާއި ހިލާފަށް ކަމަށާއި ޖަރުމަނަށް ވަޑައިގެންނެވިފަހުން ގާސިމްއާއި ބެހޭ މައުލޫމާތު ލިބިފައި ނުވާކަމަށްވެސް އަނިލް ވިދާޅުވިއެވެ.
ގާސިމް އުޅުއްވަނީ ފިއްލަވައިގެން: ބަންޑާރަ ނައިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ