"ލަފާދިނީ މައުމޫން އާއިލާ ކައިރިއަށް ދޫކުރުމަށް، މުޅި އާއިލާ ހައްޔަރު ކުރާކަށް ނޫން"

ޑޮކްޓަރުން ލަފާ ދީފައިވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމު އާއިލާ ކައިރިއަށް ފޮނުވުމަށް ކަމަށާއި މުޅި އާއިލާ ހައްޔަރު ކުރުމަށް ނޫން ކަމަށް އެމަނިކުފާނުގެ ގާނުނި ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނާއި އެ އާއިލާގެ ބޭބޭފުޅުންގެ ވަކީލުކަން ވެސް ކުރައްވަމުން ގެންދަވާ މައުމޫން ހަމީދު އެހެން ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ޔުމްނާ މައުމޫނަށް ވެސް ކުރުމާއި ގުޅިގެންނެވެ.
މިއަދު ޔުމްނާ ފުލުހަށް ހާޒިރު ކުރާއިރު ބައްޕާފުޅު ރައީސް މައުމޫނާއި ކޮއްކޮ ފާރިސް މައުމޫނާއި، ފިރިކަލުން މުހައްމަދު ނަދީމު ވެސް ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ރައީސް މައުމޫނާއި ފާރިސް ހައްޔަރު ކުރުމުން ރައީސް މައުމޫންގެ ފަރާތްޕުޅު އިނދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވަނީ ޔުމްނާ މައުމޫނެވެ.
ޔުމްނާ ގެންދަވަނީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރައީސް މައުމޫނާއި ކޮއްކޮ ފާރިސްއާއި ފިރިކަލުން މިނިވަން ކުރުމަށް ޔުމްނާ ދަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ