ފެނަކައިން އައްޑޫ ސިޓީއަށް ގެންދިޔަ ދެ ޖަނަރޭޓަރ ސެޓް އިންސްޓޯލްކޮށް ކަރަންޓް ދޭން ފަށައިފި

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އެސިޓީއަށް ގެންދިޔަ ދެ ޖަނަރޭޓަރ ސެޓް އިންސްޓޯލްކޮށް ކަރަންޓް ދޭން ފަށައިފިއެވެ. އައްޑޫ ސިޓީގައި ހުރި 11 ޖެނެރޭޓަރުގެ ތެރެއިން 4 ޖެނެރޭޓަރަކައް ދިމާވި މައްސަލައާއި އެކު އެ ސިޓީގެ ގުޅިފައިވާ 4 ރަށުގެ ރައްޔީތުންނަށް ވަނީ ކަރަންޓްގެ ޚިދުމަތް ލިބުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ. ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ، އައްޑޫ ސިޓީއަށް ގެނެސްފައިވާ 1 މެގަ ވޯލްޓް ގެ ޖެނެރޭޓަރަކާއި 1.2 މެގަ ވޯލްޓްގެ ޖެނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކައިގެ ޓީމުން ނިންމާ ޓެސްޓްކޮށްފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ ދާއިމީ ޖެނެރޭޓަރުތައް ހަރުކުރެވެން ދެން، މި ޖެނެރޭޓަރުތަކުން މައްސަލަ ނުޖެހި ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ލިބިގެން ދާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ. އެގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާ ދެ ޖެނެރޭޓަރުގެ ގެނސް ހިދުމަތް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ. މި ދެ ޖެނެރޭޓަރުގެ ފުލް ކެޕޭސިޓީއަކީ 5 މެގަ ވޯލްޓް އަށް ވާއިރު، ކޮންމެ ޖެނެރޭޓަރެއްގައި 2.4 އަކަށް ވުރެއް ގިނަ ވޯލްޓް ހިމެނޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މެމްބަރު ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ފާއިތުވެ ދިޔަ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާކަމަށާއި، ޖެނެރޭޓަރުތައް ބަދަލު ކޮށް، އައްޑޫ ސިޓީގެ ކަރަންޓްގެ ހިދުމަތައް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ތަސައްވަރުވެސް ހަމައެކަނި ގެންގުޅެއްވީ މި ސަރުކާރުން ކަމަށެވެ. އެގޮތުން ދާއިމީ ދެ ޖެނެރޭޓަރު ހަރުކުރެވިގެން ދިޔުމުން، އައްޑޫ ސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ޖެނެރޭޓަރުތައް ފެއިލް ވުމަށް ދިމާއި މައިގަނޑު މައްސަލައަކީ ގިނަ ދުވަސްވުންކަމަށެވެ. އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތާއި ގުޅޭގޮތުން، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ އައްޑޫ ސީޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން އިންވެސްޓް މެންޓްގެ ދަށުން މުޅިން އާ އިންޖީނުގެއެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލު ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ