މިނިވަންކަމާއި އިސްތިގުލާލަށް ބުރޫނާރާ ގޮތަށް ބައިނަލް އަގްވާމީ އެހީއަށް ގާސިމް އެދިއްޖެ

ދިވެހި ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ދާޚިލީ މައްސަލަތަކުން އަރައިގަނެ އެކަން ޙައްލު ކުރުމަށްޓަކައި ބައިނަލް އަގްވާމީ އެހީ ބޭނުންފުޅު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއެޖެއެވެ.
ބައިނަލް އަގްވާމީ އެހީއަށް އެދިވަޑައިގެން ގާސިމް މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހާއި ޝަރުއީ ދާއިރާ ސަރުކާރުން ”ޕެރަލައިޒް ކޮށްލާފައި” ވާތީ އާއި ދިވެހި ރާއްޖޭގެ ގާނޫނީ ޙުކޫމަތު ނެތިގޮސް ރިޝްވަތު އާންމު ވެފައިވާ މިދަނޑިވަޅުގައި ރާއްޖެ މިކަންކަމުން ސަލާމަތް ކުރުމަށް މިހާރުން މިހާރަށް ބައިނަލް އަގްވާމީ އެހީ ރާއްޖެއަށް ބޭނުން ކަމަށެވެ.
ގާސިމް ވިދާޅުވީ ބައިނަލް އަގްވާމީ އެހީ ބޭނުން ވަނީ  ރާއްޖޭގައި އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް އަދި ރައްޔިތުންނަށް ގެއްލިފައިވާ ޙައްގުތައް އަނބުރައި ހޯދައިދިނުމަށް ކަމަށެވެ. ގާސިމް ވިދާޅުވީ ބައިނަލް އަގްވާމީ ފަރާތްތަކުން ރާއްޖެއާމެދު ފިޔަވަޅު އަޅައިދޭން ބޭނުން ވަނީ  ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާން ނުގެއްލޭނެ ފަދަގޮތަކަށް ކަމަށެވެ.
މީގެއިތުރުން ދިވެހި ރާއްޖޭގެ ގާނޫނީ ޙުކޫމަތު އަލުން އަނބުރައި އިޔާދަ ކުރުމަށް ބައިނަލް އަގްވާމީ ފަރާތްތަކުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅައިދިނުމަށްވެސް ގާސިމް ވަނީ ގޮވާލައްވާފައެވެ.  ބައިނަލް އަގްވާމީ އެހީއަށް ގާސިމް މިއަދު އެދިވަޑައިގެންނެވިއިރު ރާއްޖެއާމެދު ވާހަކަ ދެއްކުމަށް އދ ގެ ސަލާމަތީ މަޖިލީހުގައިވެސް އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް އެއީ ސިއްރު ބައްދަލުވުމެއް ކަމުން އެ ބައްދަލުވުމާބެހޭ ގޮތުން އެއްވެސް ފަރާތަކުން ބަހެއް ބުނެފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ