”އަހަރުމެން ފަލަސްޠީން އެކަނިކޮށެއް ނުލާނަން“ މިނަމުގައި ބާއްވާ ހިނގާލުން މިއަދު ހަވީރު

ޒައިނިސްޓް އިޒްރޭލާއި ދެކޮޅަށް ރާއްޖޭގައި މިދިޔަ އަހަރު ކުރި މުޒާހަރާގެ ތެރެއިން | ފޮޓޯ: ދިއިސްލާމް”އަހަރުމެން ފަލަސްޠީން އެކަނިކޮށެއް ނުލާނަން“ މިނަމުގައި ބާއްވާ ހިނގާލުން މިއަދު ހަވީރު އޮންނާނެކަމަށް މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ އިން ހާމަކޮށްފިއެވެ.ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ފަރާތުން އެޖަމިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު ޠައްޔިބް ވިދާޅުވީ “އަހަރުމެން ފަލަސްޠީން އެކަނިކޮށެއް ނުލާނަން” މިނަމުގައި ބާއްވާ ހިނގާލުމެއް ބާއްވަން ހަމަޖެއްސީ ފަލަސްޠީނުގެ ރައްޔިތުންނަށް ނުޙައްޤުން ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށްޓަކައިކަމަށެވެ. އަދި މިއީ ސުލްހަވެރި ކަމާއި އެކު ކުރިއަށްދާނެ ހިނގާލުމެއްކަމަށެވެ. މީގެ އިތުރުން އައްޝައިޚް ޠައްޔިބް ވިދާޅުވީ ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްޠީނަށް ހަމަލާދިނުން ހުއްޓާލިކަމަށް އެއްބަސް ވިޔަސް އެބައިމީހުންނަކީ ވާއަހުދުތަކާ ޚިލާފްވާ ބައެއް ކަމަށާއި އެމީހުން އެހެން ބުނަމުން ދިޔަކަމުގައި ވީނަމަވެސް މިކަމަށް އަޑުއުފުލުމަށްޓައި ހިނގާލުން ކުރިއަށް ދާނެ ކަމަށެވެ.އައްޝައިޚް މުޙައްމަދު ޠައްޔިބް ވިދާޅުވީ “މިހިނގާލުން ފެށޭނީ މިއަދު ހަވީރު 16:00 ގައި މާލެ ސޯޝަލް ސެންޓަރ ކުރިމަތިން”ކަމަށާއި “މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިލްތިމާސްކުރާ”ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ