ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިޝް މައުމޫނަށް ކާމިޔާބު ހޯދައިދޭން، ޕާޓީގެ ލީޑާޝިޕާއި މެމްބަރުން މަސައްކަތް ކޮށްދެެއްވުމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ބައްދަލުކުރުމަށް ރޭ އެންދެރިމާގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވި ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީއަކީ ވަރަށް ކާމިޔާބު ޕްރައިމަރީއެއް ކަމަށެވެ. އަދި ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީން ފެނިގެން ދިޔައީ ވަރަށް ރީތި ނަމޫނާއެއް ކަމަށާއި އަދި ޕްރައިމަރީގައި ވާދަކުރި މޫސާ ނަސީރުގެ ކިބައިން ފެނިގެން ގޮސްފައިވަނީ ރީތި މިސާލެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ޕްރައިމަރީގެ އެންމެހާ ކަންކަން ނިމި ކެނޑިޑޭޓަކު އިހްތިޔާރުކުރެވެންދެން ޕްރައިމަރީއާ ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވެ ހުންނެވީ، ޕްރައިމަރީގައި އެއްވެސް ފަރާތަކަށް ޕާޓީގެ ރައީސް ތާއީދުކުރެއްވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށް މައުމޫން ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ފާރިޝްއަށް ކާމިޔާބުކޮށްދޭން މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ