ހެނބަދޫ ކައުންސިލްގެ ނައިބް ރައީސް ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވައިފި

ނ. ހެނބަދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ހަލީލް ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ހެނބަދޫ ކައުންސިލް އިދާރާއިން ބުނީ އޭނާ އިސްތިއުފާ ދެއްވީ މިއަދު ކަމަށާއި އިސްތިއުފާގެ ސިޓީ ކައުންސިލް އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ކަންކަން ހުރި ގޮތުން މަގާމުގެ ޒިންމާއަދާކުރުމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުން ކަމަށް ސިޓީގައި ވިދާޅުވެފައިވާ ކަމަށްވެސް ކައުންސިލް އިދާއިރާއިން ބުނެ އެވެ.
ހަލީލުގެ އިތުރުން ހެނބަދޫ ކައުންސިލްގައި ތިއްބަވާ ހުރިހާ ބޭފުޅުންނަކީ އެމްޑީއޭ އަށް ނިސްބަތްވާ ކައުންސިލަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ