ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ފަރާތްތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރާ ބައެއް ކަމަށް ކަނޑައަޅައި، ޕާޓީން ވަކިކޮށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް ތާއީދު ހޯދުމަށް ގޮވާލައި ޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފު )މަވޯޓާ ޝަރީ( ތަސްމީނަށް ފޮނުއްވި ކަމަށް ބުނާ ސިޓީއާ ގުޅިގެން، ޝަރީފާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި މައުމޫން ފެކްޝަނުން ތަސްމީނަށް ސިޓީއެއް ފޮނުވައިފި އެވެ.
ޑީއާރްޕީ ކައުންސިލްގެ ނުވަ މެންބަރަކު ސޮއިކޮށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ސިޓީ ލިބޭ ތާރީހުން ފެށިގެން 10 ދުވަސް ތެރޭގައި ކައުންސިލްގެ ގަވާއިދާ އެއްގޮތަށް ޝަރީފުގެ މައްސަލަ ކައުންސިލުން ބަލައިދިނުމަށެވެ. އަދި ޕާޓީގެ ލީޑަރަށް ފޮނުވި ސިޓީން މައުމޫނަށް ތާއީދު ކުރާ މެންބަރުންނަށް އެއްވެސް ކުށަކާނުލާ ބޮޑެތި އަނިޔާ އާއި އަދަބު ދިނުމަށް ބުނެފައިވާތީ، ޝަރީފާމެދު މެންބަރުންގެ ކަންތައްތަކާބެހޭ ކޮމެޓީއަށް ފިޔަވަޅު އެޅުމަށްވެސް އެ ސިޓީގައި ގޮވާލާފައިވެ އެވެ.
ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ޑީއާރުޕީ އަންހެނުން ގޮފީގެ ރައީސާ ދުންޔާ މައުމޫނާއި ޒުވާނުންގެ ގޮފީގެ ނައިބު ރައީސް މުހައްމަދު އައްސާނާއި ޑރ. އަފްރާޝީމް އަލީ އާއި އަލީ އާރިފް އަދި އަބްދުލް މުހުސިން ހަމީދު ސޮއިކޮށް ފޮނުވި ސިޓީގައި މައިގަނޑު ފަސް ނުކުތާއެއްގެ ކަމެއްގެ މައްޗަށް ލީޑަރު ތަސްމީނާ ސުވާލުތައް އަމާޒުކޮށްފައިވެ އެވެ.
އެ ގޮތުން ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ޕާޓީގެ ކައުންސިލަށް އޮތްއިރު، ކައުންސިލްގެ ރައުޔާކާއި ނުލާ ބޭރުގެ އެއްވެސް ފާމެއް ޑީއާރްޕީގެ ފަރާތުން ކުރެވޭ މަސައްކަތްތަކެއް ކުރުމަށް ގެނެވުނުތޯ އާއި އެ ފާމަށް ހަރަދު ކުރި ފައިސާގެ ތަފްސީލާއި ފާމް މެދުވެރިކޮށް ބެލި ބެލުންތަކުގެ ރިޕޯޓް ކައުންސިލައަށް ހާމަކޮށްދެއްވުމަށް ވެސް ތަސްމީންގެ އަރިހުގައި އެދިފައިވެ އެވެ. އަދި ޒައީމް މައުމޫން ޕާޓީން އެކަހެރި ކުރުމަށް ބޭރުގެ ނުފޫޒުއޮތް އެ ފާމުން ޑީއާރުޕީއަށް އިރުޝާދުދީފައިވޭތޯ އާއި އަހްމަދު ނާޒިމް ކިޔާ މީހަކު މެދުވެރިކޮށް ޝަރީފަށް ފައިސާގެ އެހީތެރި ކަމެއް ދެއްވިތޯ ވެސް ސިޓީގައި އެދިފައިވެ އެވެ.
ޑީއާރުޕީން ބުނީ އެ ސިޓީ އަދި އެ ޕާޓީއަށް ލިބިފައި ނުވާ ކަމަށާއި އަދި ތަސްމީނަށް ވެސް އެ ސިޓީ ލިބިފައިވާ ކަމެއް އަދި މިހާތަނަކަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަން ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަބްދުއްރަޝީދު ނާފިޒު ވެސް ޔަގީންކޮށްދީފައި ވެއެވެ.
އައްޑޫ ޝަރީފުގެ ސިޓީއެއް ކަމަށް ބުނާ ލިޔުމަކާ ގުޅިގެން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން މައުމޫން ފެކްޝަނުން ތަސްމީނަށް ސިޓީއެއް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ