އެމެރިކާގެ އެންމެ ދުވަސްވީ ގައިދީ 103 އަހަރުގައި މަރުވެއްޖެ
އެމެރިކާގެ ފެޑެރަލް ޖަލުގައި ހުރި އެންމެ ދުވަސްވީ ގައިދީ ކަމަށްވާ ޖޯން "ސަނީ" ފްރެންޒީސީ އުމުރުން 103 އަހަރުގައި މަރުވެއްޖެ އެވެ. މާފިއާގެ އެންމެ ގިނަ ބަޔަކު ބިރު ގަންނަ މީހާ ކަމުގައި ސިފަކުރާ ފްރެންސީޒީ އަކީ 1990ގެ އަހަރުތަކާ ހަމައަށް ދަންދެން ނިއު ޔޯކުގައި ހުރި "ކޮލޮމްބޯ ކްރައިމް" އާއިލާއަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ 90އާ ހަމައަށް އެ އާއިލާގެ ކޮމާންޑުގައި ދެވަނައަށް ހުރި މީހާ އެވެ. އިޓަލީގެ ސިޓީއެއް ކަމަށްވާ ނޭޕަލިސް އަށް ނިސްބަތްވާ ފްރެންޒީސީ އުފަންވީ ހައެއް ދެބްރުއަރީ 1917ގަ އެވެ. ބްރުކްލިން އަށް ދިރިއުޅުން ބަދަލުކުރިއިރު އޭނާއަކީ އާއިލާގެ 19 މެމްބަރުންގެ ތެރެއިން އެންމެ ހަގު ދަރި އެވެ. ހައި ސްކޫލުން ކެނޑިގެން އާއިލާގެ ބޭކަރީގައި އުޅުމަށްފަހު ފްރެންޒީސީ ވަނީ އާމީއަށް ވަދެފައެވެ. ނަމަވެސް 1943 ގައި އޭނާ ވަނީ އާމީއިން ވަކިކޮށްފަ އެވެ. އެންމެފަހުން މާފިޔާގެ ރޭންކުތަކުން މައްޗަށް އަރަންފެށީ 1950ގަ އެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އޭނާ ހައްޔަރުކޮށްފައިވަނީ 1967ގައެވެ. އެއީ ހަތަރު ބޭންކަކުން ފޭރުމުގެ ފަހަތުގައި ހަރަކާތްތެރިވުމުންނެވެ. މާފިއާގައި އުޅުނުއިރު އޭނާ 50 މީހަކު މަރާލާފައިވާ ކަމަށް ފްރެންޒީސީ ވަނީ ކޯޓުގެ ކުރިމަތީގައި އެއްބަސް ވެފަ އެވެ. ފްރެންޒީސީ އަކީ އެމެރިކާގެ ޖަލުގައި ހުރި އެންމެ ދުވަސްވީ ގައިދީ އެއް ކަމަށް ބުނެފައިވަނީ 2017 ވަނަ އަހަރުގައެވެ. އޭނާއަށް އެއިރު 100 އަހަރެވެ. އަދި އޭނާގެ އުމުރުން ދުވަސްވުމުގެ ސަބަބުން އެ އަހަރު އޭނާ ގޭބަންދަށް ވަނީ ދޫކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ