ދިވެހިރާއްޖޭގެ ޚާރޖީވަޒީރު އަބްދުﷲ ޝާހިދު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫ ދާބީއަށް ފުރާވަޑައިގެންފިއެވެ. ޝާހިދު އަބޫދާބީއަށް ވަޑައިގަންނަވަނީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނުގެ (އައިއޯއާރުއޭ) މިނިސްޓަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ފުރާވަޑައިގަންނަވަމުން ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ އައިއޯއާރުއޭ އުފެއްދުމުގައި 1990ގެ އަަހަރުތަކުގައި ރާއްޖެ ބައިވެރިވި ކަމަށާއި މި ބައްދަލުވުމުގައި ރަސްމީކޮށް ރާޢްޖެ އައިއާރުއޭގެ މެމްބަރަކަށްް ވާނެ ކަމަށެވެ. އަދި ރަސްމީކޮށް ރާއްޖެ އައިއޯއާރުއޭގެ މެމްބަރަކަށް ވާ ބައްދަލުވުމަށް ދާ ވަފުދުގެ އިސްވެރިއަކަށް ހުރެވޭކަމީ ވަރަށް ބޮޑު ފަހުރެއްކަމަށް ޝާހިދު ވިދާޅުވިއެވެ.ޚާރޖީވަޒީރު ޝާހިދު އަބޫދާބީއަށް ދަތުރުކުރައްވާއިރު މި އަހަރު ދައުލަތުން ދަތުރުކުރުމަށް ކަނޑައެޅި 142 މިލިއަން ރުފިޔާ ހުސްވެފައިވާކަން ފާހަގަކުރެވެއެވެ. މިދިޔަ އޮކްޓޯބަރުގެ 31 ގެ ނިޔަލަށް 162 މިލިއަން ރުފިޔާ ދަތުރު ހަރަދުގެ ގޮތުގައި ދައުލަތުން ވަނީ ބޭނުންކޮށްފައެވެ. މިވަގުތުވެސް ބައެއް ވަޒީރުން ރާޢްޖެއިން ބޭރުގައި ތިއްބެވިކަން ފާހަގަކޮށްލެވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޚާރޖީ ވަޒީރު އަބްދުﷲ ޝާހިދު އަބޫ ދާބީއަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ