ޣައިރު ދީންތައް އަޔަނުދިއުމަށް ބަނދެފައި ހުރި ވާތަށް ދަނީ މޮހެމުން: އުމަރު

އެހެން ދީންތައް ރާއްޖެއަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަނދެފަހުރި ވާތައް މަޑުމަޑުން ދޫކޮށް، އެ ވާތައް ކަނޑަމުން އަންނަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.މިރޭ އުމަރުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރިި މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އެކަން ކުރި އެއްވެސް މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.އެގޮތުން އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ އަދި ދައުވާ ކުރުމަށް ފޮނުވާފައި ނުވާކަން އުމަރު ފާހަގަ ކުރެއްވިއެވެ.އުމަރު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓު ލިޔުނު މީހުންނާ މެދު ވެސް އަމަލު ކުރެވޭނީ އެގޮތަށް ކަމަށް ބެލެވޭ ކަމަށެވެ.އުމަރު ވިދާޅުވީ ލާދީނީ މީހުންގެ ބޭނުމަކީ ދީނަށް ފުރައްސާރަ ކުރުމަކީ އާންމު ކަމެއް ކަމުގައި ހެދުން ކަމަށާއި އެމްޑީއެން އުވާލާ އެ ރިޕޯޓު ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވިއްޖެ ނަމަ، ލަހެއް ނުވެ އެމީހުން ބޭނުންވާ ގޮތަށް، ދީނަށް ފުރައްސާރަ ކުރުން އާންމު ކަމަކަށް ވެދާނެ ކަމަށެވެ.އަދި ލާދީނީ މީހުން ބޭނުންވަނީ މިފަދަ ކަންކަމަށް ދިވެހިން ހޭނުވަން ކަމަށާއި، ސަރުކާރުން ގާނޫނީ ފިޔަވަޅު ނާޅާ ނަމަ، އެކަން އެގޮތަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ލާދީނީ މީހުން އުޅޭ ކަމަށާއި ނަމަވެސް ސަރުކާރުން އެފަދަ މީހުން ހަމަ މަގަށް އަޅުވަމުން ގެންދިޔަ ކަމަށެވެ.ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭނެއް ހިންގަމުން ގެންދާ ކަމަށާއި އިސްލާމް މުގައްރަރު ކަމުނުދާ ކަމަށް ބުނެ ވަކާލާތު ކުރަމުން އަންނަ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.އޭގެ އިތުރުން ބައެއް މިސްކިތް ތަކުގައި ބަންގި ގޮވާ އަޑު މަޑު ކުރުމާއި ދިވެހި ފިލްމުތައް ސެންސަރު ކުރާ މިންގަޑު ދަށްކޮށް، އެއްޖިންސުން ގުޅުން ހިންގުން އާންމު ކުރާ ފަދަ މަންޒަރުތަށް ފިލްމު ތަކުގައި ހިމަނަން ފެއްޓުމުގެ އިތުރުން ބަނގުރާ އިތުރަށް އާންމުވުން ހިމެނޭ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލާގައި ރާއްޖޭގެ އެތައް ރަށެއްގައި އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާ ހަރަކާތްތައް ހިންގަމުންނެވެ. ނަމަވެސް އެ ރިޕޯޓު ނެރެ އެތައް ދުވަހެއް ވެފައިވާއިރު އަދިވެސް ފުލުހުން ކުރިއަށް ގެންދާ ތަހުގީގުވީ ހިސާބެއް އާއްމުންނާއި ހަމައަށް ބުނެދީފައެއް ނުވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޢުމަރުގެ ބެސްޓް
ޢުމަރު ނަސީރާ މިގައުމުގެ ވެރިކަން ހަވާލުކުރަންވީ ވަގުތުއައިސްޖެހިއްޖެ.
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ