ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސިޔާދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ، މިއަދު އެ ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރީ އޭނާގެ މައްޗަށް ތިން ޝަރުތެއް ކުރުމަށް ފަހުގައެވެ. އެ ތިން ޝަރުތަކީ، މާލެ ސަރަހައްދުން އެއްވެސް ތަނަކަށް ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަންބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާ ހަވާލުވުމުގެ ޝަރުތެވެ.
އިބްރާހީމް ސިޔާދު ގާސިމް ފޮޓޯ: ޖޭޕީ މީޑިއާ
ސިޔާދު ގާސިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ