ފަތިސް ނަމާދު ބަންގި ގޮވާތީ މުދިމު ޖޫރިމަނާކޮށްފި!

ލިޔުނީ: އަލީ އަހްސަން އިހްސާންފަތިސް ނަމާދު ބަންގި ގޮވާތީ ރަޝިޔާގެ މުދިމަކު ޖޫރިމަނާކޮށްފިއެވެ.ރަޝިޔާގެ ސެންޓްރަލް ކޯޓުން މުދިމު ޖޫރިމަނާކޮށްފައިވަނީ ‘ފަތިހު ބަންގި ގޮވާ ކުޑަކުދިން ހޭލައްވާފަދަ ގޮތަކަށް އުނދަގޫކުރުމުން’ނެވެ. ކޯޓުން ހާމަކުރާ ގޮތުގައި އެއިމާމު ކޮންމެ ދުވަހަކު ފަތިހުން ފެށިގެން ރޭގަނޑު އަށެއް ޖެހުމާއި ދޭތެރޭ 5 ފަހަރު އަޑުގަދަކުރާއިންބަންގި ގޮވާތީ އެސަރަހައްދުގެ މީހުންނަށް ‘އުނދަގޫވާތީ’ ޝަކުވާ ހުށައަޅާފައިވާކަމަށެވެ.ރަޝިޔާގެ ކޯޓުންވަނީ އިމާމް ޖޫރިމަނާކޮށް ހެނދުނު އެކަނި އަޑުގަދަކުރާއިން ބަންގި ގޮވުމަށް އަންގާފައެވެ. އެހެންކަމުން މެންދުރު، އަސްރު، މަގްރިބް އަދި އިޝާ ނަމާދުގެ ބަންގީގެ ‘އުނދަގޫ’ އެސަރަހައްދުގެ މީހުންނަކަށް ނުވާނެއެވެ.ހުރިހާ ދީނެއްގެ މީހުންނަށްވެސް ކޮންމެ ގައުމެއްގައިވެސް އަޅުކަން ކުރެވެންޖެހޭނެ ކަމަށް އަޑުއުފުލަމުންދާ ޒަމާނެއް ގައި ރަޝިޔާގައި މިހިނގި ހާދިސާއަކީ އިސްލާމީ ދުނިޔެއަށް ދިން ވަރަށް ވަރުގަދަ މެސެޖެކެވެ.ބައެއް ވެރިން އިސްލާމް ދީނުގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރެވޭތޯ ބަލަން ބޭނުންވާއިރު އަދި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާއިރު އެހެނިހެން ގައުމުތަކުގައި އިސްލާމްދީނުގެ ކުރިމަތީގައި ‘އެހައްގު’ ލިބިދީފައެއް ނޯވެއެވެ. އަދި އެއީ އެތަނުގެ އަހުލުވެރިންނަށެވެ.ރާއްޖޭގައިވެސް ފައްޅި އެޅިދާނެއެވެ. އަޅުކަންވެސް ކުރެވިދާނެއެވެ. އެހެން ހުރިހާ ގައުމެއްގައިވެސް ކަންތައްވީ ފަދައިންނެވެ. އެހެނަސް ދެން ފެނިގެންދަނީ ‘ބަންގި ގޮވުމާއި’ ޤުރުއާން ކިޔެވުމާއި އިސްލާމް ދީނުގެ ހަފްލާތައް ބޭއްވުން މަނާވެގެންދާތަނެވެ. އެހެންކަމުން އެފަދަ ކަމަކަށް މަގުފަހިވާ ކަމެއް ނުކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ