ސޫދާންގެ ފަތުވާދިނުމާ ބެހޭ ދާއިރާގެ ރައީސް ރާއްޖެ ވަޑައިގެންފި

ސޫދާންގެ އާއްމު ފަތުވާދިނުމާ ބެހޭ ދާއިރާގެ ރައީސް، ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމް އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވައިފިއެވެ. ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމުގެ ދަތުރާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވަނީ މިދަތުރުގެ މަގްސަދަކީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށާއި ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި ދީނީ ދަރުސްތަކެއް ދިނުމަށްޓަކައި ބައްދަލުވުންތަކެއް ބޭއްވުން ކަމަށެވެ. މިދަތުރުގައި ޑރ. އަބްދުލްހައްޔު ޔޫސުފް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ޢިމާމުންނާއި ޚަތީބުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޑރ. އަބްދުލްހައްޔު ޔޫސުފް ގެންދަވަނީ ސޫދާންގެ އާއްމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސްގެ އިތުރުން ސޫދާންގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ކަމާއި ސޫދާންގެ މުޖުތަމައު ހާތަމުލް މުރުސަލީން މިސްކިތުގެ އިމާމު ކަމާއި ހަތީބު ކަންވެސް ކުރައްވަމުންނެވެ. ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ