އުނގޫފާރު ރައްޔިތުންނަށް މިފަހަރު ރޯދަމަހުވެސް ކަރަންޓް ހިލޭ
ރ. އުނގޫފާރުގެ ގޭބީސީތަކަށް މިއަހަރުގެ ރަމަޟާންމަހުވެސް ކަރަންޓް ހިލޭ ފޯރުކޮށްދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.އެރަށު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިދިޔަ ހަފްތާގެ ބުދަދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ މެނޭޖަރ އަހުމަދު އަބްދުއްޝަކޫރާއި ހަވާލާދީ އުނގޫފާރު.ކޮމް އިން ހާމަކޮށްފައިވާ ގޮތުގައި އެރަށު ކައުންސިލުން ނިންމާފައި ވަނީ މި ފެށޭ ރޯދަމަހާއި 6 ރޯދައިގެ ދުވަސްތައް ހިމެނޭ ގޮތަށް ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އެރަށުގެ ހުރިހާ ގޭބީސީ ތަކުން ބޭނުން ކުރާ ކަރަންޓަށް އެއްވެސް އަގެއް ނުނެގުމަށެވެ.އުނގޫފާރު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ރޯދަމަހަކީ އާންމުކޮށް ހަރަދުތައް ބޮޑުވެގެންދާ މަހެއް ކަމުން ރައްޔިތުންގެ ޖީބަށް ލުއިކޮށް ދިނުމުގެ މަޤްޞަދުގައެވެ.އުނގޫފާރު ކައުންސިލުންވަނީ މިދިޔަ ދެއަހަރުވެސް ރޯދަމަހު ރަށުގެ ހުރިހާ ގޭބީސީއަކަށް ހިލޭ ކަރަންޓު ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ