މާލޭގައި ކަރަންޓް ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ. 
ކަރަންޓް ދިޔައީ ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. 
މިފަހަކަށް އައިސް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާއި ގުޅޭގޮތުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކޮށް، ކަރަންޓް ދިނުމަށް އެތަނުގެ މުވަޒަފުންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ކަރަންޓް ދިޔަ ސަބަބެއް އޮފިޝަލްް ވިދާޅެއް ނުވެއެވެ.  
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ 24 ގަޑިއިރަށް ކަރަންޓް ޔަގީންވެފައި އޮތުން ކަމުގައިވީ ނަމަވެސް، މާލޭގެ އިތުރުން ބައެއް އަތޮޅުތަކުގެ ރަށްތަކުގައި ވެސް ކަރަންޓްގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ