ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަންޑުން އަމިއްލަ ބޭނުމަށް ފައިސާ ނެގި މައްސަލަ ދައުވާކުރަނީ

2015 ވަނަ އަހަރު ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަންޑް އެކައުންޓް އިން އަމިއްލަ ބޭނުމަށް ފައިސާ ނަގާ ބޭނުންކޮށްފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް އެ މައްސަލަ ހުށަހެޅިއިރު އެ އެކައުންޓުން ވަނީ 18،000 ރުފިޔާ ނަގާފައެވެ.
އޭސީސީން ބުނީ އެފައިސާ ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފަށް ކަމަށް ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށެވެ.
އެފައިސާ ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ސިވިލް ސަވިސްގެ ގަވާއިދާ ޚިލާފަށް ކަމަށްބުނާ މައްސަލަ ތަހުގީގުކުރުމަށްފަހު އެ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރއާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން އިން ވަނީ ބުނެފައެވެ.
އޭސީސީއިން ބުނީ އެ ފައިސާ ނެގި ދުވަސްވަރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ އޭނަގެ އަންހެނުންގެ ނަންމަތީގައި ސައިކަލެއް ނަގާފައިވާ ކަމަށެވެ.
ގއ.އަތޮޅު ތަޢުލީމީ މަރުކަޒު އޮޑިޓް ކުރުމުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް މިފައިސާ ނަގާފައިވާ މައްސަލަ ފާހަގަ ކުރެވުމަކީ އެ މައްސަލަ ފެނުމަށް ދިމާވި ކަންތައް ކަމަށް މައުލޫމާތު ލިބެއެވެ. ފައިސާ ދޫކުރިތާ އެއް އަހަރުފަހުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކައުންޓަށް އަނބުރާ ފައިސާ ޖަމާކޮށްފައިވާ އޭސީސީއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ