މަޝްރޫތަކުގެ އަގު ރައްޔިތުން ވަޒަން ކުރޭ، ވޯޓު ލިބޭނެ: ޝަހީމް

ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫތަކުގެ އަގު އެރަށް ރަށުގެ ރައްޔިތުން ވަޒަންކުރާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވޯޓް ދޭނެކަން ޔަގީން ކަމަށް އެމަނިކުފާންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކާއި ގދ. ތިނަދޫއަށް ކުރެއްވި ހަފުތާއެއްހާ ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގެން ޝަހީމް ވިދާޅުވީ ފުވައްމުލަކުގައި ގާއިމުކުރާ ނަރުދަމާގެ މަސައްކަތަކީ ރާއްޖޭގައި ހިންގާ އެފަދަ އެންމެ ބޮޑު މަޝްރޫއަށް ވާއިރު އެރަށު ރައްޔިތުން އެކަމުގެ އަގުވަޒަންކުރާ ކަމަށެވެ. އަދި ތިނަދޫގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ބިން ހިއްކުން ފަދަ މަސައްކަތްތަކުގެ އަގު ވެސް އެރަށު ރައްޔިތުން ވަޒަންކުރާ ކަމަށް ވިދާޅުވި އެވެ.
Molhuvaanee Vote olhuvaanulai, natheeja saaf: Shaheem
Mihaaru
ޝަހީމް ފުވައްމުލަކުގައި ދެއްކެވި ވާހަކަފުޅު--"ދެ އަތޮޅުގެ ސިޓީތަކަށް ކުރި ދަތުރުގައި ފާހަގަކުރެވުނީ ރައީސަށް ވަރަށް ތާއީދު ބޮޑުކަން. އެހެންކަމުން އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ މާތްﷲ އިރާދަކުރެއްވިއްޔާ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން، 23 ސެޕްޓެމްބަރުގައި އޮންނަ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަން،" އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ފުވައްމުލަކާއި ތިނަދޫގެ ގިނަ ގެތަކަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވި ކަމަށެވެ. އަދި ކެމްޕޭނު ރެލީތައް ވަނީ ބާއްވަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ