ފިނިފެންމާ ލޯންޗުގެ ހާދިސާގައި އަލިފާނުގެ ކަންޏެއްވެސް ފެނުނީ އުމަރު ދެއްވި ވީޑިއޯއިން - ކުރީގެ ތަރުޖަމާނު މުއާޒް

ރައީސުލްޖުމްހޫރީޔާ ދަތުރުކުރެއްވި ލޯންޗުކޮޅު ގޮއްވާލި ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ނޫސްވެރިންނަށް ހާމަކުރުމަކީ މުހިންމުކަމެއްކަމަށް ދެކޭކަމަށް ބުނެ ކުރީގެ ރައީސުލްޖުމްހޫރީޔާގެ ތަރުޖަމާނު މުއާޒް އަލީ މިރޭ ކުއްލިގޮތަކަށް ބޭއްވި ބައްދަލުވުމުގައި ވަރަށް ތަފްސީލްކޮށް އޭނާ ދުށް މަންޒަރާއި އަޑު ވަނީ ހިއްސާކޮށްދީފައެވެ.
އެގޮތުން ފުރަތަމަކަމަށް ރައީސް ޔާމީން މާލެ ވަޑައިގަތުމަށްފަހު މީޑިއާތަކާ ބައްދަލުކުރެއްވުމަށް ބޭނުންފުޅުކަން އޭނާ ގާތު ވިދާޅުވިކަމަށް މުއާޒް ބުނެފައިވެއެވެ.
"ސައުދީގައި ހުންނަވާފައި ރައީސް ޔާމީން ގުޅުއްވާފައި ވިދާޅުވި ރައްޔިތުންނާ ހިއްސާކުރަން ބޭނުންވާ މުހިންމު މައުލޫމާތު ހުރިކަމަށް ވިދާޅުވި. އެއީ ސައުދީ ރަސްގެފާނު ހިއްސާކުރެއްވި ވާހަކަފުޅުތައް. ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް އެދުނު. ރަސްމީ ފާލަމަށް ހުރިހާ ނޫސްވެރިން އެތަނަށް އެއްކޮށް ދިނުމަށް ދެންނެވީ" މުއާޒް ބުނެފައިވެއެވެ.
އެހެން ފަހަރުތަކާއި ހިލާފަށް ރައީސް ޔާމީން ރާއްޖެ ވަޑައިގަތުމަށްފަހު ވީވީއައިޕީގައި މަޑުކުރައްވާ މަޑުކުރެއްވުމުގެ ބަދަލުގައި ސީދާ ފިނިފެންމާ ލޯންޗުކޮޅައް ރައީސް ޔާމީން ވަޑައިގަތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން ފަހަރުތަކާއި ޚިލާފަށް ރައީސުލްޖުމްހޫރީޔާ އާއްމުކޮށް އިންނަވާ ސީޓްކޮޅު ނޫން އެހެން ސީޓްއެއްގައި ރައީސް ޔާމީން އެދުވަހު އިށީންނަވާފައިވާ އިރު މެޑަމް ފާތުން އިންނެވީ ރައީސް ޔާމީން އިންނަވާ ގޮނޑިކޮޅުގައިކަން މުއާޒް ފާހަގަކޮކުރިއެވެ.
ލޯންޗު މާލެ ދަތުރު ފެއްޓީތާ ކުޑަ އިރުކޮޅެއް ތެރޭގައި ލޯންޗު ގޮވުމުގެ ހާދިސާ ހިނގާފައިވާކަމަށާއި އެވަގުތު މެޑަމް ފާތުން ވިއްސައިގެން ވެއްޓުނީ އޭނާގެ ފައިބުޑައްކަން ފާހަގަކުރައްވާފައެވެ. މުއާޒް ފާހަގަކުރެއްވިގޮތުގައި މިކަންކަން ހިނގައިދިޔަ އިރު ރައީސް ޔާމީންގެ މޫނުފުޅުމަތިން އޭނާގެ ހާސްކަން ނުފެންނަކަމަށް އޭނާ ބުނެފައިވެއެވެ.
މުއާޒް ވަނީ ފިނިފެންމާ ގޮވި ވަގުތު އަލިފާނުގެ އެއްވެސް އަސަރެއް ކުލައެއް ލޯންޗުތެރެއިން ނުފެނަކަމަށް ހާމަކޮށްފައެވެ. އަދި މިކަން ފުލުހުންގެ ތަހުޤީޤުގައިވެސް ބުނެފައިވާނެކަމަށް މުއާ ބުންޏެވެ.
މިހާދިސާގެ އަލިފާން ކަންޏެއްވެސް ފެނިފައިވަނީ އެމައްސަލަ ތަހުޤީގުކުރުމަށް ހަދާފައިވާ ކޮމިޝަންގެ މެންބަރު އަދި ހޯމް މިނިސްޓަރު އުމަރު ނަޝީރު ދެއްވި ސީޑިގައި ވާ ވީޑިއޯއިންކަން މުއާޒް ފާހަގަކުރިއެވެ.
މުއާޒް ވަނީ ޓީވީއެމްގައި 2004 ފެށިގެން މަސައްކަތްކޮށްފައިވާ ފަރާތެއްގެ ހައިސިއްޔަތުން އޭނާ ވަނީ ވީޑިއޯއަކަށް އަލިފާނުގެ އިފެކްޓްއެއް ލުމަކީ ކުރެވޭނެ ކަމެއްކަމަށްބުނެ ފިނިފެންމާ ލޯންޗް ގޮވި ހާދިސާގެ ވީޑިއޯއިން ފެންނަ އަލިފާނަކީ އެޑިޓް ކުރެވިފައިވާ އެއްޗެއް ގޮތުގައި ސިފަކުރައްވާފައެވެ.
ކުރީގެ ރައީސުލްޖުމްހޫރީޔާ އޮފީހުގެ ތަރުޖަމާނު މުއާޒް ވަނީ އޭނާ ހިއްސާކުރި ވާހަކާއެކު ދިވެހިން ފުލުހުންގެ އިދާރާއިން މިކަން ރަނގަޅަށް ތަހުޤީގުކުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ