އަންހެނަކު ރަޖަމްކުރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ޒިނޭ ކުރިކަމުގެ ތުހުމަތުގައި އަންހެނަކު ރަޖަމްކުރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. އަންހެނަކު ޒިނޭކުރުމުން އޭނާ ރަޖަމް ކުރުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ ކޯޓުން އެ ހުކުމް ބާތިލް ކޮށްފައިވާކަމަށެވެ. އަދި އެ ހުކުމް ބާތިލް ކޮށްފައިވަނީ މައްސަލައިގެ ޝަރީޢަތް މެޖިސްޓްރޭޓް ކޯޓުގައި ހިންގައި، ގަޒިއްޔާގެ ދައުވާގައީ ޕީޖީ އޮފީހުން ލަފާދީފައިވާ ޤަނޫނު، ޖިންސީ ކުށުގެ ގާނޫނުގެ 27ވަނަ މާއްދާއާއި ޚިލާފަށް އެ ހުކުމް އިއްވުމާއި ގުޅިގެންކަމަށެވެ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި އެ ހުކުމް އިއްވާފައިވަނީ ކޯޓުގެ އިސް ގާޒީ ޝެއިޙް މުޙައްމަދު މޫސާ އެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކޮށްފައިވާއިރު މީގެ ކުރިންވެސް އެ ކޯޓުން ވަނީ އެފަދަ ހުކުމެއް ބާތިލް ކޮށްފައެވެ. އެގޮތުން ގއ. ގެމަނަފުށީގެ އަންހެނަކު ޒިނޭ ކޮށްގެން ރަޖަމް ކުރުމަށް ހުކުމް ކުރުމުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމްވެސް ބާތިލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ