އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ މައްޗަށް ކޮށްފައިވާ ޙުކުމުގެ މައްސަލަ އަލުން ބަލައިދިނުން އެދި ސްޕްރީމްކޯޓަށް ހުށަހަޅައިފި އެވެ.
މިކަމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމް އިސްތިއުނާފް ކުރުމަށް އެދި ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅި ހުށަހެޅުން ބަލައިގެންފައިނުވާތީ އަލުން އެނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި ސުޕްރީމް ކޯޓަށް ވަނީ ހުށަހެޅިފައިވާ ކަމަށެވެ.
އިމްރާން ޖަލަށް ލުމަށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް ހައިކޯޓުން ވަނީ ތާއިދު ކޮށްފައެވެ. އެހެންނަމަވެސް ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އިމްރާން މިނިވަން ކުރުމަށް އަމުރު ކޮށްފައިވި ނަމަވެސް އެއަމުރު ފަހުން ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
ޝައިހް އިމްރާންގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ