ލާމު ޕްރީ ސްކޫލް ފަޅާލައި ފައިސާތަކެއް ވަގަށް ގެންގޮސްފި

ލާމު އަތޮޅު ގަމު ތުނޑީ އަވަށުގައި ހުންނަ ލާމު ޕްރީ ސްކޫލްގެ އޮފީސް ފަޅާލައި ފައިސާތަކެއް ވަގަށް ގެންގޮސްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭ ދަންވަރު ލާމު ޕްރީ ސްކޫލް އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ފައިސާތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 6:45ގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. ލާމު ޕްރީ ސްކޫލުން ވަގަށް ގެންގޮސްފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ވަނީ އެނގޭ ގޮތް ނުވެފަ އެވެ. އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ އިރު އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ