ޔާމީންގެ ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. އެ ހުކުމް ދެމެހެއްޓީ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްތުންނެވެ.
އެ ގޮތަށް އެ ކޯޓުން ދެމެހެއްޓީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކުރި ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން އިއްވި ހުކުމްގަ އެވެ.
ހައި ކޯޓުގައި މިއަދު މެންދުރު 2:00 އިން ފެށިގެން ކުރިއަށް ގެންދިޔަ މި ޝަރީއަތް ޓީވީތަކުން ލައިވްކޮށް ދެއްކި އެވެ. މިއީ ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތެއްގެ ލައިވްކުރި ފުރަތަމަ ފަހަރެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ