ޒުވާނުންގެ ކުރިމަގު ވަނީ ބަންދުވެފައި: މެމްބަރު ހުސެއިން

ޒުވާނުންގެ ކުރިމަގު ވަނީ ބަންދުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައި ސެމްބެ ވިދާޅުވީ ޒުވާނުންގެ ކުރިމަގު ވަނީ ބަންދުވެފައި ކަމަށާއި ޒުވާނުން ކުރިމަގަށް ކުރި އެތަކެއް އުންމީދެއް އޮޔާގޮސް، މިހާރު ޖެހުނީ ސަލާން ޖަހަން ކަމަށެވެ.މީގެ އިތުރުން ސެމްބެ ވިދާޅުވީ މިއީ ބަޔަކު ގަސްތުގައި ރާވައިގެން ޤައުމާއި، ޖަމާއަތަށްވުރެ ބޮޑަށް އަމިއްލަ މަސްލަހަތު އިސްކުރުމުން ދިމާވި ކަމެއް ކަމަށެވެ.ސެމްބެ މިމޭރުމުން ވިދާޅުވެފައިވާއިރު ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެކު ގިނަ އަދަދެއްގެ ޒުވާނުންގެ ވަޒީފާ ގެއްލިފައިވާކަން ފާހަގަކުރެވެއެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ޒުވާނުންނެއް އާމްދަނީ ހޯދޭނެ ގޮތެއް ނެތި އާއިލާ އާއި އެކު މާލެއިން ރަށަށް ބަދަލުވާން މަޖުބޫރުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ