30: 13 - ހަވީރަށް ފަހުން އެނގުނު ގޮތުގައި މަސައްކަތް ހުއްޓާލާފައި ވަނީ ޖިނާއީ ކޯޓުގައި އެކަންޏެވެ. އަދި އެ ކޯޓުގައި ވެސް ހުއްޓާލާފައި ވަނީ ޝަރީއަތްތަކެވެ. ނަމަވެސް މިހާރު އެ ކޯޓުން ވެސް ޔާމީން ހާޒިރު ކުރުމަށް އަމުރު ނެރެފި ކަމަށް އޭނާގެ ވަކީލާ ވިދާޅުވި އެވެ.
51: 11 - މާލޭގެ ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ކުއްލި ބައްދަލުވުމެއް ބާއްވަވަމުން އެބަ ގެންދަވަ އެވެ.
ކޯޓެއްގެ އިސް ފަނޑިޔާރަކު ވަނީ ހަވީރަށް މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އެ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބައްދަލު ކުރައްވަމުން ގެންދަވަނީ "ފަނޑިޔާރުންނަށް ނުރައްކާތެރިކަން ކުރިމަތިވެ ޝަރީއަތް ކުރަން ދަތިވާ ހިސާބަށް ކަންތައް ދިޔުމުން" ކަމަށެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި މިކަމާ ގުޅިގެން މާލޭގެ ކޯޓުތަކުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
ކޮރަޕްޝަން ނައްތާލުމަށް ގޮވާލާ އެމްޑީޕީން އިއްޔެ ހަވީރު ކުރި މުޒާހަރާގައި ފަނޑިޔާރުން ހައްޔަރު ކުރުމަށް ގޮވާލި އެވެ. އަދި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ގޭ ދޮށަށް ރޭ މީހުން އެއްވެފައިވެ އެވެ.
ޝަރީއަތްތައް ހުއްޓާލީ ޖިނާއީ ކޯޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ