ރާއްޖެ އާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ ފެށިގެން އުފެދިފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނާނެ އެންމެ ގާތްގުޅުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.މައުމޫން މިހެން ވިދާޅުވީ މި މަހުގެ 5-7 އަށް އިންޑިއާގައި ބޭއްވި 15 ވަނަ ދިއްލީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސެމިނާގައި ބައިވެރިވެވަޑައިގަތުމަށް، އެ މަނިކުފާނު ދިއްލީ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި ފޮނުއްވި ސިޓީފުޅެއްގައި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.އެ ސިޓީފުޅުގައި މައުމޫން ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު، ދެ ގައުމު ދޭތެރޭގައި އުފެދިފައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރައްވައި، ގާތްގުޅުމެއް ގާއިމް ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާކަން މޯދީީ ފާހަގަ ކުރައްވާފައިވާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ."އަދި ދިވެހިރާއްޖޭގެ ވެރިކަން ކުރާ ޕާޓީގެ [ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް] ރައީސްގެ ހައިސިއްޔަތުން، އިންޑިއާގައި، ދެބޭފުޅުން ބައްދަލުކުރައްވައި އެއްބަސްވެވަޑައިގެންފައިވާ ގޮތަށް ދެ ގައުމު ދޭތެރޭ ގާއިމްވެފައި މިވާ ގުޅުން އެއަށް ވުރެ ވަރުގަދަ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް [މައުމޫން] ވަނީ ވިދާޅުވެފަ އެވެ،" މައުމޫންގެ އޮފީހުން ބުންޏެވެ."ހަމަ އެހެންމެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި ވަފުދުގައި ހިމެނިވަޑައިގެންނެވި މެންބަރުންނަށް އެ ގައުމުން ދެއްވި މެހެންމާންދާރީ އާއި ބެހެއްޓެވި ގާތްކަން ފާހަގަ ކުރައްވައި އެކަމަށް ވެސް ޝުކުރު އަދާ ކުރައްވާފައިވެ އެވެ."މައުމޫނާއި މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، މޯދީ ވިދާޅުވި
ގޮތުގައި ރާއްޖެއާ އެކު އިންޑިއާ އިން ބާއްވަމުން އަންނަ ގުޅުމަށް އެ
ގައުމުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި
އެ މަނިކުފާނު ފާހަގަކުރައްވާފައި ވަނީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން
ދެމެހެއްޓުމާއި އެ ނޫން ވެސް ގިނަ ލަނޑުދަނޑިތަކެއް ދެ ގައުމުން
ހިއްސާކުރާތީ އެވެ."ސުލްހަމަސަލަސްކަމާއި ހަމަޖެހުން
ގާއިމުވެފައިވާ، ތަނަވަސް ރާއްޖެއެއް ބިނާކުރުމަށް ދިވެހި ރައްޔިތުންނާއި
ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި، އިންޑިއާ އިން ދެމުން ގެންދާ
އެއްބާރުލުމާއި އެހީތެރިކަން ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވެ
ވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ،" ބޮޑުވަޒީރުގެ
އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.އަދި އަވަސް ފުރުސަތެއްގައި ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް
ބޭނުންފުޅުވާ ކަމަށް މޯދީ ވިދާޅުވި އެވެ. އެފަދަ ދަތުރުފުޅެއްގެ ސަބަބުން،
ވިޔަފާރި އާއި ޓޫރިޒަމްގެ އިތުރަށް ޒުވާނުންނާ ގުޅުންހުރި ދާއިރާތަކުން ދެ
ގައުމުގެ ދެމެދު މިހާރަށް ވުރެ ގުޅުން ބަދަހިކުރެވޭނެ ކަމަށް އުއްމީދު
ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.މައުމޫން ވަނީ ރާއްޖޭގެ ތަރައްގީ އަށް އިންޑިއާ އިން ދެމުން ގެންދާ
އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އިންޑިއާއާ އެކު
ބާއްވަމުން އަންނަ ގުޅުމަށް ރާއްޖެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ
ކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުވި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ އެންމެ ގާތްގުޅުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ