އޫރީދޫ "ފުޓްބޯޅަ ފޯރި" ކުޑަކުދިންގެ ހަވީރު މާދަމާ ސެންޓްރަލް ޕާކުގައި ބާއްވަނީ

ފީފާ ވޯލްޑް ކަޕް ފެށުމުގެ އުފާ ފާހަގަކުރުމުގެ ގޮތުން، އޫރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ ހާއްސަ ކުޑަކުދިންގެ ހަވީރެއް "އޫރީދޫ ފުޓްބޯޅަ ފޯރި" ގެ ނަމުގައި މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ހަވީރު ކުރިއަށްދާނީ މާދަމާ، 12 ޖޫން 2026 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައިކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އޫރީދޫއިން މައުލޫމާތުދޭ ގޮތުގައި މިއީ މުޅި އާއިލާއަށާއި ރައްޓެހިންނަށް ބައިވެރިވެވޭ ގޮތަށް، ފުޓްބޯޅައަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ހަރަކާތެކެވެ. މި ހަވީރުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ތަފާތު ކުޅިވަރުތަކާއި، މަޖާ ހަރަކާތްތަކުގެ އިތުރުން ފުޓްބޯޅަ ތީމްތަކަށް ތައްޔާރުކޮށްފައިވާ ގޭމްތައް ކުރިއަށްދާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައިވާއިރު، ރާއްޖޭގައި އަބަދުވެސް އޮންނަ ފުޓްބޯޅައިގެ ބޮޑު ފޯރީގައި އޫރީދޫއިން އަންނަނީ ކޮންމެ މުބާރާތަކާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މާދަމާ ބާއްވާ ކުޑަކުދިންގެ ހަވީރަކީ ރާއްޖޭގެ ކުދިބޮޑު އެންމެންގެ މެދުގައި ވޯލްޑް ކަޕްގެ ފޯރި ދިރުވައި، އުފާވެރި މާހައުލެއްގައި މި ފޯރި ފެށުމަށް ހުޅުވާލާ ރަން ފުރުސަތެކެވެ.
އޫރީދޫއިން ވަނީ މާދަމާގެ ހަވީރަށް ވީހާވެސް ގިނަ ކުދިން އާއިލާއާއެކު ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށް، މި ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ