ސިނގިރޭޓު ކާޓަން ބޭރު ކުރަން އުޅުނު މީހުން ހައްޔަރު ކުރުމުން، ކޯޓުން ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ޑިޕާޗާރު ހޯލުން ހުއްދަނެތި ސިގަރޭޓު ކާޓަން ފޮށިތަކެއް ނެރެން އުޅެނިކޮށް ހައްޔަރު ކުރި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތުތަކަކާއި އެކު ދޫކޮށްލައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނުގެ 06:20 ހާއިރު ވީއައިއޭގެ ޑިޕާޗާ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިގަރެޓް އެތެރެކުރަން ބަޔަކު މަސައްކަތް ކުރިކަމުގެ މައުލޫމާތު ފުލުހަށް ހުށަހެޅީ ކަސްޓަމްސް ކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދެ މީހެކެވެ. އެއީ:-
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލާފައިވާކަމަށެވެ. އެ މީހުން ބަންދުން ދޫކުރީ ކޮން ޝަރުތުތަކަކާއި އެކުތޯ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ