ގާސިމް ނުރުހިއްޖެ، ޖޭޕީން ވަކިވަނީ މަގާމު ދިފާއު ކުރަން

ގާސިމް ވަނީ މަގާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޖޭޕީ ބަދުނާމު ނުކޮށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއުލާން ކުރެއްވުން ކީއްތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތެރެއިން މަގާމުގައި ދެމި ހުންނެވުމުގެ ބޭނުމުގައި ޕާޓީ ދޫކޮށްދާ މެންބަރުންނަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމުމުން އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަންނަވަމުންނެވެ. ކޮންމެ ބޭފުޅަކުވެސް ވިދާޅުވަނީ ރައީސް ސޯލިހާއެކު ހުންނެވުމަށް ޕާޓީން ވަކިވެވަޑައިގަންނަވާ ކަމަށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދެއްވާ ޖުމްހޫރީ ޕާޓީން ވަކީން ވާދަކުރަން ނިންމުން އެ ބޭފުޅުންނަށް ކަމުނުދާ ކަމަށްވެސް ވިދާޅުވެއެެވެ.މަގާމު ދިފާއުކޮށް މަގާމުގައި ހުންނެވުމުގެ ބޭނުމުގައި ދައްކަވާ އެ ވާހަކަތައް ގާސިމް ސިފަކުރެއްވީ ޖޭޕީ ބަދުނާމު ކުރެއްވުމެއްގެ ގޮތުގައެވެ.ޓްވީޓެއް ކުރައްވާ ގާސިމް ވަނީ އެ ބޭފުޅުން ވަކިވެވަޑައިގަންނަވާ ހަގީގީ ސަބަބު ހާމަކުރައްވާ އެ ސަބަބު ފޮރުއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. ގާސިމް ވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީ އާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކޮށް ކަމުގެ ހަގީގަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއުލާން ކުރެއްވުން ކީއްތޯ ސުވާލު ކުރައްވާފައެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ޖުމްހޫރީ ޕާޓީ ވަނީ ދޫކޮށްލާފައެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ގާސިމްގެ ހިޔަނީގަައެވެ. ބައެއް ބޭފުޅުންނަކީ ގާސިމްގެ އެހީތެރިކަން ލިބިވަޑައިނުގެންނަމަ އަދި ޖުމްހޫރީ ޕާޓީގައި ނެތް ނަމަ އެފަދަ މަގާމަކަށް ވަޑަައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތީހެވެ.އެގޮތުން ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބަކަށް ހުންނެވި އައިމިނަތު މުހައްމަދު ސަލީމް (ސޮނީ) އާއި ހެރިޓޭޖް މިނިސްޓަރުގެ ނާއިބުކަން ހުންނެވި ވަލީދާ ވަލީދަށް ފަދަ ބޭފުޅުންނަަށް އެ މަގާމަށް ވަޑައިގެންނެވުނީ ގާސިމް އިބްރާހިމްގެ އެހީތެރިކަން ލިބިވަޑައިގެން އެ މަނިކުފާނު އެއިން ބޭފުޅެއްގެ ނަން ފޮނުއްވުމުންނެވެ. މީގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އާދަމް އާޒިމް އަދި އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ހަސަން ޝާހް ވަޑައިގަތީވެސް ޖޭޕީއަށް ސަރުކާރުން ލިބުނު ފުރުސަތުތަކުގައެވެ.މި ހުރިހާ ބޭފުޅުން ވަނީ މަގާމުގައި ދެމި ތިއްބެވުމަށް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.މީގެ އިތުރުން ނުފޫޒުތަކެއް ވެރިވެ ޖުމްހޫރީ ޕާޓީގެ  އަމިއްލަވަންތަކަން ގެއްލި ގައުމީ މަސްލަހަތަށް ފުށު އަރާ ކަމަށް ވިދާޅުވެ ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ސޮބާހް ރަޝީދުވެސް ވަނީ ޖޭޕީން ވަކިވެފައެވެ. އޭނާއަކީވެސް ޖޭޕީގައި ނެތް ނަމަ އެފަދަ މަގާމަކަށް ވަޑައިގެންނެވޭނެ ބޭފުޅެއް ނޫނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ