ޓޯކުރި އުޅަނދުތައް ދޫކުރަން ފަށައިފި، ރަޖިސްޓްރީކޮށްފައިވާ ޒޯންތަކަށް ގެންދޭތޯ ކަށަވަރުކުރާނެ ކަމަށް ފުލުހުން ބުނެފި

ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ފުލުހުން ޓޯކުރާ އުޅަނދުތައް ދޫކުރުމަށްފަހު، އެ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީކޮށްފައިވާ ޕާކިން ޒޯންތަކަކަށްކަން ކަށަވަރުކުރާނެ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ. ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭނުން ނުކުރާ އުޅަނދުތައް ޓޯކުރުމަށް ހޮނިހިރު ދުވަހުން ފެށިގެން އަންގާރައިގެ ނިޔަލަށް ފުލުހުންނާ ޓްރާންސްޕޯޓް މިނިސްޓްރީން ގުޅިގެން، ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދާޚިލީ ވުޒާރާގެ އިތުރުން މި އޮޕަރޭޝަނުގައި އެޗްޑީސީ، ލޯކަލް ގަވަނަންސް ވުޒާރާ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލްއިން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ. https://sun.mv/214918 އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަގުތަކުގައާއި ހުސްބިންތަކުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކުރި ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެއިން ޓޯކުރި އުޅަނދުތައް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ އެންމެހައި ޓްރެފިކް ޖޫރިމަނާތައް ދެއްކުމަށްފަހު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް އައުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމަށް މި އިއުލާނުގައި ބުނެފައިވެއެވެ. https://x.com/PoliceMv/status/1999050834387333471 އަދި ޓޯކުރާ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ބުންޏެވެ. އަދި މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކުރެވިފައިވާ ޒޯނަކަށްކަން ފުލުހުން ކަށަވަރުކުރާނެ ކަމަށް ބުނެފައިވެއެވެ. ފުލުހުން ޓޯކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި އުޅަނދުތައް ހަތް ދުވަސް ފަހުން އާންމުކޮށް އިއުލާނުކުރާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެގޮތުން، އެ އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. https://sun.mv/214971 ހުޅުމާލޭގައި ފެށި ބައު އުޅަނދު ޓޯކުރުމުގެ އޮޕަރޭޝަން ފެށުމުގެ ސައުވީސް ގަޑިއިރުތެރޭގައި ޖުމްލަ 252 އުޅަނދެއް ހުޅުމާލޭގެ މަގުތަކުން ޓޯކޮށް، ތިލަފުއްޓަށް ގެންގޮސްފައިވެއެެވެ. ރާއްޖެއަށް އެތެެރެކުރާ އުޅަނދުތައް ގިނައިރު، މިހާރު ވެސް މާލެ ސަރަހައްދު އޮތީ ކެރީން ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް އިތުރަށް ވެހިކަލުން ފުރި ބާރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ